Ads by Farudhun

ޚަބަރު

ރައީސްގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސް މުޢިއްޒު އާއި އަނބިކަނބަކަލުން ސާޖިދާ ތެލެސީމިޔާ ސެންޓަރަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖޫން 2026، 04:36

14 ޖޫން 2026، 04:36

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ހުޅުމާލޭގެ އޮރެންޖް ހިޔާގައި ގާއިމުކޮށްފައިވާ ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީޒް ސެންޓަރަށް މިއަދު މެންދުރުފަހު ޒިޔާރަތްކުރައްވައިފިއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އާ ގުޅިގެން ހިންގާ މި ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން ވަނީ ބަލިމީހުން ބާއްވާ ވޯޑުތަކާއި، ލޭ ހަދިޔާކުރާ ސަރަހައްދާއި، ލެބޯޓްރީގެ އިތުރުން ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު ބައްލަވާލައްވާފައެވެ. މީގެއިތުރުން އެ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، މާލީ އެހީތެރިކަމާއި، ވަސީލަތްތައް ހަރުދަނާކުރުމަށް އިސްކަންދެއްވާފައެވެ. އެގޮތުން، މި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށާއި އެ އާއިލާތަކަށް ފުރިހަމަ ސިއްހީ ފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން އެ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޖީލާ އަލީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމެވެ. މި ޒިޔާރަތުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450