ޚަބަރު
މަރްޙޫމް ޙުސެއިން ޢަބްދުއްރަޙްމާންގެ ޢާއިލާއަށް ރައީސް ތައުޒިޔާ ކިޔުއްވައިފި
މަރްޙޫމް ޙުސެއިން ޢަބްދުރަޙްމާން.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި (އެމްއެންޑީއެފް) މަސައްކަތް ކުރައްވަމުން ގެންދެވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536) ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. މި ޚަބަރު ލިބިވަޑައިގަތީ ވަރަށް ފުން ހިތާމައާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ނިޔާވި ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭކަލެކެވެ. އެގޮތުން އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536)، މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި ޚަބަރު މި އެހީ ވަރަށް ފުންހިތާމައާއެކުގައެވެ.
— Dr Mohamed Muizzu (@MMuizzu) June 18, 2026
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ… pic.twitter.com/bjN5j7UTAK
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މި ފުން ހިތާމައިގެ ވަގުތުގައި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ."
މީގެއިތުރުން ރައީސް ވަނީ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.