Ads by Farudhun

ޚަބަރު

"ކޮންމެ ބޮޑު ދަތުރަކީވެސް އެޅޭ ފުރަތަމަ ފިޔަވަޅުން ފެށޭ ކަމެއް" - ރައީސް

"ކޮންމެ ބޮޑު ދަތުރަކީވެސް އެޅޭ ފުރަތަމަ ފިޔަވަޅުން ފެށޭ ކަމެއް" - ރައީސް

ރައީސުލްޖުމުޙުރއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ޖޫން 2026، 05:52

23 ޖޫން 2026، 05:52

ކޮންމެ ބޮޑު ކާމިޔާބީއަކަށް ކުރާ ދަތުރަކީވެސް އެޅޭ ފުރަތަމަ ފިޔަވަޅުން ފެށޭ ކަމެއް ކަމަށާއި، އެގޮތުން ޒުވާން އެތުލީޓުންނާއި ކުރިއަރަން ބޭނުންވާ ފަރާތްތަކުން އެކަން ގަބޫލުކޮށް، ސާބިތުކަމާއެކު ހިތްވަރުލައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އޮލިމްޕިކް ދުވަހުގެ މުނާސަބަތުގައި، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ބޮޑު ކާމިޔާބީއަކަށް ކުރާ ދަތުރަކީވެސް އެޅޭ ފުރަތަމަ ފިޔަވަޅުން ފެށޭ ކަމެއް ކަމަށެވެ. އެގޮތުން، ޒުވާން އެތުލީޓުންނާއި ކުރިއަރަން ބޭނުންވާ ފަރާތްތަކުން އެކަން ގަބޫލުކޮށް، ސާބިތުކަމާއެކު ހިތްވަރުލައިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.



މިއަދުގެ މެސެޖުގައި ރައީސް ވަނީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންދާ އެތުލީޓުންނާއި، އެ އެތުލީޓުން ތަމްރީނުކޮށްދޭ ކޯޗުންގެ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް އިހުތިރާމް އަދާކުރައްވާފައެވެ. ކުޅިވަރުގެ މައިދާނުގައި ކާމިޔާބީ ހޯދުމުގެ އަސްލަކީ ވަރުގަދަ އަޒުމާއި، ނަމޫނާ އަހުލާގާއި، އަދި ނުގުޑާފަދަ ހިތްވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުޅިވަރާއި ހަރަކާތްތެރި ދިރިއުޅުމެއްގެ ތެރެއިން ޒުވާނުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ކަންކަމުގައި ކެތްތެރިކަމާއެކު ދެމިހުރުމުގެ ސިފަ އަށަގަންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުޅިވަރުގެ ޒަރީއާއިން ރާއްޖޭގެ ޒުވާނުން ބާރުވެރިވެ، ގައުމުގެ ކުރިއެރުމަށް މަގުފަހިވެ، ދުނިޔޭގެ އެކި ގައުމުތަކާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ބަދަހި ގުޅުންތަކެއް އުފެދިގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450