ކުޅިވަރު

މެނޭޖުމެންޓުން މިހާރަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަން ޖެހޭ: ނިޝްތާރު

މެނޭޖުމެންޓުން މިހާރަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަން ޖެހޭ: ނިޝްތާރު

ދިއްދޫ މެޗަށްފަހު ކޯޗު ނިޝްތާރު / ފޮޓޯ: އެފްއޭއެމް

farudhun logo

ފަރުދުން

25 ޖޫން 2026، 03:29

25 ޖޫން 2026، 03:29

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރަށްފަހު ކްލަބް ގްރީން ސްޓްރީޓްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައިވާއިރު، ޓީމުގެ ކޯޗު، ޢަލީ ނިޝްތާރު ބުނީ މެނޭޖުމެންޓުން މިހާރަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަން ޖެހޭކަމަށެވެ.

ކޮލިފިކޭޝަން ބުރުގައި ރޭ ގްރީން ސްޓްރީޓްސް ކުޅުނު ފަހު މެޗަށްފަހު ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ނިޝްތާރު ބުނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އައުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނީ ވަރަށް މަސައްކަތުންކަން އޭނާ ފާހަގަކުރިއެވެ.

ނިޝްތާރު އިތުރަށް ބުނީ ދެވަނަ ޑިވިޝަނުގައި ކުޅެން އެ ޓީމުގައި ކުޅުންތެރިން މަޑުނުކުރާނެ ކަމަށެވެ. 

"އަޅުގަނޑަށް ހިއެއްނުވޭ މިކުދިން ތިބޭނެހެނެއްވެސް. ހަމަ އެހެން ޓީމުތަކަށް ގެންދާނެ. ގްރީން ސްޓްރީޓްސްއަށް ދެން މި ސީޒަނުގައި ހަމަ ނުވީއޭ އަޅުގަނޑަށް ދަންނަވަން ޖެހޭނީ، އަޅުގަނޑުވެސް ހިމެނޭ ގޮތަށް، ދެއްތޯ. ދެން ސެކަންޑުން ފަސްޓަށް އެރުމަކީ ހަމަ ވަރަށް އުނދަގޫ ކަމެއް. އެހެންވީމަ އެއަށް ވަރަށް ބޮޑު އެފޯޓެއް ލައިގެން ނުކުރެވޭ ވަރު ކަމެއް ނޫން" ނިޝްތާރު ބުންޏެވެ.

ނިޝްތާރު ބުނީ ގްރީން ސްޓްރީޓްސްއަކީ ދެވަނަ ޑިވިޝަނަށް ވެއްޓެން ޖެހޭވަރު ޓީމެއްކަމަށް އޭނާއަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އަދި މެނޭޖުމެންޓުން ޓީމަށް ބޮޑަށް އަޅާލިނަމަ، ޓީމު ސަލާމަތް ކުރެވުނީސްކަން ދޭހަވާ ގޮތަށް އޭނާ ވަނީ ވާހަކަދައްކާފައެވެ.

ދިވެހި ލީގުގެ ފޯމެއްޓަށް ގެނައި ބަދަލާއެކު، ލީގުގެ 7ވަނަ ޓީމާއި 8ވަނަ ޓީމަށް ދެން އަންނަ ސީޒަނެއްގައި ލީގުގައި މަޑުކުރެވޭނީ ކޮލިފިކޭޝަން ބުރުގައި ގަދަ 4 ޓީމުގެ ތެރޭގައި ހިމެނިއްޖެނަމައެވެ. އަދި ލީގުގެ 8ވަނަ ޓީމުގެ ގޮތުގައި ކޮލިފިކޭޝަން ބުރު ކުޅެންޖެހު، އެ ޓީމަށް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮލިފިކޭޝަން ބުރަށްފަހު ލީގުގެ 7ވަނައަށް ދިޔަ ޓީސީގެ މަގާމު ދެމެހެއްޓިއިރު، މުޅިން އަލަށް ބިސް ބުރު ސްޕޯޓްސް ކްލަބާއި، ދިއްދޫ ސްޕޯޓްސްގެ އިތުރުން، ގައްދޫ ރެކްރިއޭޝަން ކްލަބު ދިވެހި ލީގުން ފެންނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450