Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނޯންނާނެ - ރައީސް

ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނޯންނާނެ - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖޫން 2026، 09:51

25 ޖޫން 2026، 09:51

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކަށް ސިޔާސީ ނުވަތަ އެނޫންވެސް ނުފޫޒެއް ފޯރުވުމުގެ ފުރުޞަތު ނޯންނާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށްދާނީ އިންސާފުވެރިކަމާއެކު ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ބަޔަކަށް ގޯއްޗާއި ފްލެޓް ބަހާލައިފައިވީ ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެފަދަ ކަންކަން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ޒަރޫރީ ބޭނުމަކަށްވާއިރު، އެފަދަ ކަމެއްގެ ތެރޭގައި އެއްވެސް މިންވަރެއްގެ ނާޖާއިޒް އަމަލެއް ހިނގައިގެން ނުވާނެ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ކްރޮސް ވެރިފިކޭޝަން ނުވަތަ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ތެރެއިން އެއްވެސް އާއިލާއަކަށް ނުވަތަ ވަކި ފަރުދަކަށް އިސްކަންދިނުމުގެ އެއްވެސް އުސޫލެއް ނޯންނާނެއެވެ. އަދި ވެރިފިކޭޝަން މަސައްކަތް ކުރާ މުވައްޒަފުންވެސް ނުފޫޒުން އެއްކިބާވެ ތިބެ، އިންސާފުވެރިކަމާއެކު އެ މަސައްކަތް ނިންމަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފަހަރުގެ މަޝްރޫޢަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން:

ފްލެޓަށް އެދި: 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން
ގޯއްޗަށް އެދި: 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން
ޖުމްލަ ބައިލައްކައަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައެވެ.

ކުރީގެ ސަރުކާރުތަކުން ދައުރު ނިމެން ކައިރިވުމުން އަވަސްއަރުވާލައިގެން ހިންގާ މަޝްރޫޢުތަކާ ޚިލާފަށް، މި ސަރުކާރުން ވަނީ ދައުރުގެ ކުރީކޮޅު މި މަސައްކަތް ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި، ރައްޔިތުންނަށް ވަގުތުން ވަދެވޭނެ ފަދަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމެވެ. މީގެ ސަބަބުން، ދައުރު ބަދަލުވާއިރު އާ ސަރުކާރަށް ކުރިމަތިވާ ތަކުލީފުތަކާއި ރައްޔިތުންގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450