Ads by Farudhun

ޚަބަރު

ނުވާނެ ކަމަށް ބުނި ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް: މިއީ ޑިޖިޓަލް އިކޮނޮމީއަކަށް އެޅުނު މުހިންމު ފިޔަވަޅެއް - ރައީސް

ނުވާނެ ކަމަށް ބުނި ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް: މިއީ ޑިޖިޓަލް އިކޮނޮމީއަކަށް އެޅުނު މުހިންމު ފިޔަވަޅެއް - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖޫން 2026، 10:13

25 ޖޫން 2026، 10:13

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ގާއިމްނުކުރެވޭނެ ކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށާއި، އެކަން ސާބިތުކޮށް އެ ޚިދުމަތް ރާއްޖެއަށް ގެނެސްދޫފައިވާނެކަމަށެވެ. އަދި މި ކަމަކީ ޑިޖިޓަލް އިކޮނޮމީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ޕޭޕަލް ރާއްޖެއަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް،  މި ޚިދުމަތް ފެށުމަށް މި މަހުގެ 15 ވަނަ ދުވަހު އުރީދޫ އެމްފައިސާއާ ގުޅިގެން މި ޚިދުމަތް ފެށުމަކީ، ސަރުކާރުން ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކާއެކު ސީދާ މުޢާމަލާތްކޮށްގެން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއް ކަމަށެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ވެރިކަމުގެ ކުރީކޮޅުން ފެށިގެން، ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ވަންދެން ޕޭޕަލްގެ ފަރާތްތަކާ ގާތުން މަސައްކަތްކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ފަހިކޮށްދޭންޖެހޭ އެތައްކަމެއް ހުންނާނެ ބޮޑެތި ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ގާއިމްވާން ބޭނުންވަންޏާ. އެމީހުންގެ ސްޓޭންޑާޑްތަކާ އެއްގޮތަށް ކަންތައް ކުރަންޏާ އެކަން ކުރެވޭނެކަން އަޅުގަނޑުމެން މި ސާބިތުކޮށްދިނީ،"

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް ފެށުނު މުހިންމު ދަތުރެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ އިޤްތިޞާދުގެ 15 އިންސައްތައަކީ ޑިޖިޓަލް އިކޮނޮމީގެ ހިއްސާކަމުގައި ހެދުމެވެ. މި ބަދަލާއެކު، އިންޓަނޭޝަނަލް ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ޕޭޕަލްގެ އިތުރު ޚިދުމަތްތައް ފުޅާކުރުމަށާއި، މިފަދަ އެހެނިހެން ބައިނަލްއަޤުވާމީ ވަސީލަތްތައް ދިވެހިންނަށް ފަހިކޮށްދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450