Ads by Farudhun

ޚަބަރު

ސައުދީ އަރަމްކޯގެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ސައުދީ އަރަމްކޯގެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ސަޢުދީ ރަސްގެފާނު އަދި ރަައީސް މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖޫން 2026، 11:08

28 ޖޫން 2026، 11:08

ސައުދީ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން މަރުވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ވަލީއަހުދަށާއި، ސައުދީ ސަރުކާރަށާއި، އެ ގައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ރައީސް ވަނީ ވަރަށް އިޚްލާޞްތެރި ތައުޒިޔާއެއް ފޮނުއްވާފައެވެ.

މީގެ އިތުރުން، މި ދަތި އުނދަގޫ ވަގުތުގައި ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާއެކު ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ތަސައްލީ ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450