Ads by Farudhun

ޚަބަރު

ފްރާންސުގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ފްރާންސުގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު އަދި ފްރާންސްގެ ރައީސް އެމަނުއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖޫން 2026، 03:03

29 ޖޫން 2026، 03:03

އާދީއްތަ ދުވަހު ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާ ބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މަތިންދާ ބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރާއި ރައްޔިތުންގެ އިތުރުން މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށްގެންދާ ތަޙުޤީޤުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ވެއްޓިފައިވަނީ ސްކައިޑައިވިން ހަރަކާތްތަކުގައި ބޭނުންކުރާ މަތިންދާ ބޯޓެކެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 11 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕައިލެޓާއި، 5 އިންސްޓްރަކްޓަރުންގެ އިތުރުން 5 ދަރިވަރުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450