ދުނިޔެ

ޓްރެއިން އޮޕަރޭޓަރު ފާޚާނާއަށް ދިޔުމުން 125 ޓްރެއިން ޑިލޭވެއްޖެ

ޓްރެއިން އޮޕަރޭޓަރު ފާޚާނާއަށް ދިޔުމުން 125 ޓްރެއިން ޑިލޭވެއްޖެ

ކޮރެއާގެ ރެއިލްވޭ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ނޮވެމްބަރު 2024، 11:00

30 ނޮވެމްބަރު 2024، 11:00

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި  ޓްރެއިން އޮޕަރޭޓަރަކު 4 މިނިޓަށް ފާޚާނާއަށް ދިއުމުގެ ސަބަބުން 125 ޓްރޭން ލަސްވެއްޖެއެވެ. މިކަމުގެ ސަބަބުން ސަތޭކަ އެތައް ފަސިންޖަރުންނަށް މަންޒިލަށް ދެވުން ލަސްވެފައިވާ ކަމަށް ކޮރެއަން ހެރަލްޑްގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހެނދުނު 8:00 ހާއިރު ސޯލްގެ ލައިން 2 ގެ އައުޓަރ ލޫޕްގައި ދުއްވަމުންދިޔަ ޓްރެއިންއެއްގެ އޮޕަރޭޓަރު ކުއްލިއަކަށް ސްޓޭޝަނެއްގައި ޓްރޭން ހުއްޓުވާލުމަށްފަހު ފާޚާނާއަށް ދިއުމުންނެވެ. ޓްރެއިން އޮޕަރޭޓަރު ފާޚާނާއަށް ދިޔުމުން އިންޖިނިއަރަކު ޓްރެއިން ބެލެހެއްޓިކަމަށް މައުލޫމާތުލިބެއެވެ.

ފާޚާނާ ހުރީ އެހެން ފަންގިފިލާއެއްގައި ކަމަށްވުމުން، އޮޕަރޭޓަރު އެނބުރި އައުމަށް 4 މިނިޓާއި 16 ސިކުންތު ނަގާފައިވެއެވެ. މިކަމުގެ ސަބަބުން ޑޮމިނޯ އިފެކްޓެއް ކުރިމަތިވެ، އެ ޓްރޭނުގެ ފަހަތުން އައި 125 ޓްރޭން ލަސްވެފައިވެއެވެ. ސޯލް މެޓްރޯއިން ބުނާ ގޮތުގައި ގިނަ ޓްރޭންތައް 20 މިނިޓު ނުވަތަ އެއަށްވުރެ ގިނަ ވަގުތު ލަސްވެފައިވެއެވެ.

އާންމު ގޮތެއްގައި ސަރކިއުލަރ ލައިންތަކުގެ އޮޕަރޭޓަރުން 2-3 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކުރެއެވެ. ކުއްލި ހާލަތްތަކަށް ޕޯޓަބަލް ފާޚާނާ ހުރި ނަމަވެސް، ބައެއް ފަހަރު މުވައްޒަފުން ޕްލެޓްފޯމުން ދުރުގައި ހުންނަ ފާޚާނާތަކަށް ދާން ޖެހެއެވެ.

ޚިދުމަތް ލަސްވި ނަމަވެސް، ފަސިންޖަރުންނަށް ބޮޑު އުނދަގުލެއް ނުވެ މަންޒިލްތަކަށް ވާސިލްވެފައިވާ ކަމަށް ސޯލް މެޓްރޯއިން ބުނެފައިވެއެވެ. މި ޚަބަރު ވައިރަލްވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭޝިއާގެ ޤައުމުތަކުގައި ޓްރޭން އޮޕަރޭޓަރުންގެ މަސައްކަތުގެ ޙައްޤުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ކޮރެއާގެ ރޭލްވޭ، ސަބްވޭ އަދި ތަޢުލީމީ ދާއިރާގެ 70،000 އަށްވުރެ ގިނަ މުވައްޒަފުން ކުރިއަށް އޮތް މަހު އާންމު ހުއްޓުމަކަށް ދާން ނިންމާފައިވެއެވެ. މި ހުއްޓުމުގެ މަޤްޞަދަކީ މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމާއި، ވަޒީފާގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅު ހެދުމެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS