Ads by Farudhun

ޚަބަރު

ކުށްކުރާ ކުދިން މުޖުތަމައަށް އަނބުރާ ގެނައުމަށް ޒަމާނީ ހައްލެއް ހޯދުމުގެ މަޝްރޫއު މި ދައުރުގައި ފަށަނީ

ކުށްކުރާ ކުދިން މުޖުތަމައަށް އަނބުރާ ގެނައުމަށް ޒަމާނީ ހައްލެއް ހޯދުމުގެ މަޝްރޫއު މި ދައުރުގައި ފަށަނީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2026، 06:55

03 ޖުލައި 2026، 06:55

ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި، އެންމެ ޒަމާނީ ފެންވަރުގެ ހައްލެއް ގެނައުމުގެ މަޝްރޫއެއް މި ދައުރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ޝާއިއުކުރި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު އަމާޒަކީ އެކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ބަޔަކަށް ހެދުން ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް މީހުން ދާ ސަބަބުތައް ނުވަތަ "ރޫޓް ކޯސް" ތަކަކީ ގޯތިގެދޮރުގެ މައްސަލައާއި، ތައުލީމާއި ސިއްހީ ނިޒާމުގެ ތެރޭގައި ހުރި ގޮންޖެހުންތަކާ ގުޅިފައިވާ ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުތުރުތިލަފަޅުގައި ހާއްސަ މަރުކަޒެއް ގާއިމުކުރަނީ
ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގާ މި މަޝްރޫއަކީ ވަރަށް ހަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަހައްދެއް ކަނޑައަޅައިގެން އެތަނުގައި އެ މަޝްރޫއު ހިންގުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އެންމެ ޒަމާނީ ފެންވަރުގައި އެކުދިންނަށް ފަރުވާދީ، އަލުން މުޖުތަމައަށް ނެރުމަށް މަގުފަހިކޮށްދޭނެ މަރުކަޒަކަށް ވެގެންދާނެއެވެ.

މި މަޝްރޫއަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވީ ނަމަވެސް، މިހާރު އެކަމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމަލީ މަސައްކަތް މާ ލަސްތަކެއްނުވެ ފެށިގެންގޮސް، މި ދައުރުގެ ތެރޭގައި މިކަމުގެ ނަތީޖާ ފެންނަން ފަށާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450