ކުޅިވަރު / ޚަބަރު

އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ހަތަރު ސަރަޙައްދެއްގައި އުފައްދަން ނިންމައިފި

އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ހަތަރު ސަރަޙައްދެއްގައި އުފައްދަން ނިންމައިފި

އެފްއޭއެމްގެ ރައީސް އަދި ޖެނެރަލް ސެކްރެޓަރީ--

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޖުލައި 2026، 02:52

05 ޖުލައި 2026، 02:52

ދިވެހި ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޮށް، ފުޓުބޯޅަ ލާމަރުކަޒީ އުސޫލުން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި މުހިންމު ނިންމުން ނިންމާފައިވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައެވެ. މި ނިންމުމުގެ ދަށުން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ ހަތަރު އެސޯސިއޭޝަނަކީ:

ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
ސެންޓްރަލް ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
މި ބަދަލާއެކު އެފްއޭއެމްގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، މި އެސޯސިއޭޝަންތައް އުފެދުމުން އެފްއޭއެމް ބަދަލުވެގެންދާނީ ގައުމީ ފެޑެރޭޝަނަކަށެވެ. އެއަށްފަހު އެފްއޭއެމްގެ މައިގަނޑު ޒިންމާއަކަށް ވާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަކޮށް ރާއްޖޭގެ ފުޓުބޯޅައިގެ ސިޔާސަތުތައް ކަނޑައަޅައި މުހިންމު ނިންމުންތައް ނިންމުމެވެ.

އެފްއޭއެމްއިން މިހާރު ވެސް އަންނަނީ މި ހަތަރު ސަރަހައްދަށް އަމާޒުކޮށްގެން ލީގު އުސޫލުން މުބާރާތްތަކެއް ބާއްވަމުންނެވެ. މި މުބާރާތްތަކުގެ މަގުސަދަކީ އަތޮޅުތެރޭގެ ޓީމުތަކަށް ދިވެހި ޕްރިމިއަރ ލީގާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ބައްދަލުވުމުގައި އިތުރު މުހިންމު ކަންތައްތަކެއް ވެސް ވަނީ ނިންމާފައެވެ. އެގޮތުން 2025/2026 ވަނަ ސީޒަނުގެ ފުޓުބޯޅަ ކަލަންޑަރު ފާސްކުރުމުގެ އިތުރުން، އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމިއެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާ ފޯވާޑް ޕްރޮޖެކްޓް ހިންގުމަށް ކުޅިވަރު ވުޒާރާއިން ދޫކޮށްފައިވާ ސަރަހައްދުގައި، ފީފާގެ ހަރަދުގައި އިމާރާތްކުރަމުންދާ ތަނުގެ އިރުމަތިން ފުޓުބޯޅަ ދަނޑު އެޅުމަށް ހާއްސަ ކުރި ސަރަހައްދުގައި ހަދާފައިވާ ގުދަނަކާ ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450