Ads by Farudhun

ޚަބަރު

އެމްޓީސީސީގެ މުވައްޒަފުންނަށް ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

އެމްޓީސީސީގެ މުވައްޒަފުންނަށް ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

އެމްޓީސީސީ ޓަވަރ. ފޮޓޯ:ދަ ސްޓޭންޑަޑް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ނޮވެމްބަރު 2026، 03:35

15 ނޮވެމްބަރު 2026، 03:35

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށްގެންދަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން ކުރި އިއުލާނުގައި ބުނެފައިވަނީ 25 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސެއް ޑިޒައިންކޮށް، އަމިއްލަ ޚަރަދުގައި އިމާރާތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 12،000 އަކަފޫޓުގެ ބިމެއްގައެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އަޅާ މި އިމާރާތުގެ ގްރައުންޑް ފްލޯ ވިޔަފާރިތަކަށް ޚާއްސަކުރާއިރު، ދެވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ މުވައްޒަފުންގެ ހައުސިން ޔުނިޓުތަކެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ މިދިޔަ އޮގަސްޓު މަހު ވިދާޅުވެފައެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ވެސް ހުޅުމާލެ 2 ގައި 15 ފަންގިފިލާގެ ދެ ޓަވަރު އެޅުމުގެ މަޝްރޫއެއް ފެށިއެވެ. ނަމަވެސް، އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ބޭރުގެ ކުންފުންޏަކަށް ޕޮއިންޓް ދީގެން އެ ޕްރޮޖެކްޓް ހަވާލުކުރި ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ތަހުގީގުކުރަން ފެށުމާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފައެވެ. އެ މައްސަލާގައި އެމްޓީސީސީގެ އޭރުގެ ސީއީއޯ ހަސަން ޝާހާއި ކުރީގެ ބައެއް އިސް ވެރިންގެ މައްޗަށް ދައުވާކޮށް، ޝަރީއަތުގެ އިބްތިދާއީ މަރުހަލާ މިހާރު ދަނީ ހިނގަމުންނެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450