ޚަބަރު
ގްލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ
ލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވުން. ފޮޓޯ: ވުޒާރާ
އދ. އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ "ޔޫއެން ގްލޯބަލް ޑައިލޮގް އޮން އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސް" ގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ. ޖެނީވާގައި ކުރިއަށްދާ މި ސަމިޓަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
މި ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ މަތީ ފަންތީގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިއީ އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ބޮޑު ހަރަކާތެވެ.
ރާއްޖޭގެ ވަފުދުގައި ވަޒީރު އިޙްސާންގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް އާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުންނާއި ޕީޖީ އޮފީހުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
Maldives is proud to participate in the inaugural UN Global Dialogue on Artificial Intelligence (AI) Governance, held in Geneva, Switzerland. Led by Minister Ali Ihusaan, the Maldivian delegation together with representatives from the Permanent Mission of the Maldives in Geneva… pic.twitter.com/vhkbv2iJo9
— Ministry of Homeland Security, Labour & Technology (@HomeMinistrymv) July 6, 2026
މި ޑައިލޮގްގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ޝާމިލުވާ، ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި އޭއައިގެ ވަސީލަތްތައް ބޭނުންކުރެވޭނެ ފަދަ ހަރުދަނާ ގަވަރނަންސް ނިޒާމެއް ބިނާކުރުމަށް މަގުފަހިކުރުމެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާއި ޓެކް މާހިރުން މަޝްވަރާކުރައްވާނީ ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ހައްގުތަކަށާއި ގައުމުތަކުގެ ސަލާމަތަށް ނުރައްކާނުވާނެހެން އޭއައި މެނޭޖްކުރާނެ އުސޫލުތައް އެކުލަވާލުމާ ގުޅޭގޮތުންނެވެ.
މި ސަމިޓުގެ ތެރެއިން ލިބޭ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ދާޚިލީ ސަލާމަތާއި، ޖިނާއީ ތަހުގީގުތަކުގެ ނިޒާމާއި، އަދި ޝަރުއީ ދާއިރާގައި ޒަމާނީ އޭއައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.