Ads by Farudhun

ޚަބަރު

އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ސެޝަންތަކަކާ އެކު ޙަރަކާތްތަކެއް ބާއްވަނީ

އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ސެޝަންތަކަކާ އެކު ޙަރަކާތްތަކެއް ބާއްވަނީ

އިސްލާމީ ކުތުބުޚާނާ. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2026، 04:20

08 ޖުލައި 2026، 04:20

ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ މި ޖުލައި މަހުގެ 10 އިން 11 އަށެވެ.

މި މުނާސަބަތާ ގުޅިގެން ބާއްވާ ޚާއްސަ ފެއަރ ކުރިއަށްދާނީ ޖުލައި 10 އަދި 11 މި ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މަސްޖިދުލްމަލިކި ސަލްމާނު (ސަލްމާނު މިސްކިތު) ގެ މާބުލް އޭރިއާގައެވެ. ހުރިހައި ޢުމުރުފުރައަކަށް ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއަރގައި ކުޑަކުދީންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކާއި، އިނާމުތަކާއި ހަދިޔާތަކުގެ އިތުރުން، އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ސްޓޯލްތަކާއި ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނެ ސްޓޯލްތައް ހުންނާނެއެވެ.

ފެއަރގެ އިތުރުން، ޢިލްމީ ގޮތުން މުއްސަނދި ޚާއްސަ ސެޝަންތަކެއް ވެސް މި ދުވަސްވަރު ކުރިއަށްދާނެއެވެ. އެގޮތުން 10 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި "ފޮތެއްގެ މަންހަޖީ ހުށައެޅުމެއް" މި މަޢުޟޫޢަށް ޑރ. އާމިނަތު ރިޔާޒު ޚާއްސަ ސެޝަނެއް ނަންގަވައިދެއްވާނެއެވެ.

މީގެ އިތުރުން، 11 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެ ހަވީރު 17:00 ގައި ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް އިސްލާމީ ކުތުބުޚާނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑރ. ސަޢުދުﷲ ޢަލީގެ ސެޝަން ބިނާކުރައްވާނީ "ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް" މި މަޢުޟޫޢުގެ މައްޗަށެވެ.

އިސްލާމީ ކުތުބުޚާނާ ދުވަސް މިފަދަ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ، ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމެވެ. އަދި ހަމައެއާއެކު، އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމަށް ޢާއްމުންނަށް ހިއްވަރުދީ، ޢިލްމީ ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަކީ ވެސް މި ޙަރަކާތްތަކުގެ ބޭނުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450