ދުނިޔެ

އެމެރިކާއާއި އީރާނު މިހާރު އޮތީ އެއްގަލަކަށް ނޭރި ބޮޑު "ޑެޑްލޮކް" އެއްގަ

އެމެރިކާއާއި އީރާނު މިހާރު އޮތީ އެއްގަލަކަށް ނޭރި ބޮޑު "ޑެޑްލޮކް" އެއްގަ

އެމެރިކާއާއި އީރާނުއެއްގަލަކަށް ނޭރި ބޮޑު "ޑެޑްލޮކް" އެއްގެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 10:56

09 ޖުލައި 2026، 10:56

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަން، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އިތުރަށް ގޯސްވެ، ދެ ގައުމު މިހާރު އޮތީ އެއްގަލަކަށް ނޭރި ބޮޑު "ޑެޑްލޮކް" އެއްގެ ތެރޭގައެވެ.

މި މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަކީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނުގެ އަތްމަތީގައި އޮޮތުމަށް ފުރުސަތު ނުދިނުމެވެ.

އަނެއްކޮޅުން، އީރާނުން ދެކޭގޮތުގައި އެ ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލަކީ ކޮންމެހެން ބޭނުންތެރި، ދޫކޮށްލެވެން ނެތް ބާރެކެވެ. އީރާނުގެ އަސްކަރީ އަދި ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ މި ކަނޑުއޮޅި ކަމަށްވާތީ، އެ ބާރު ދޫކޮށްލައިފިނަމަ މަޝްވަރާގެ މޭޒުމަތީގައި އެ ގައުމަށް އޮތް ބާރު ކެނޑިގެންދާނެ ކަމަށް އީރާނުން ގަބޫލުކުރެއެވެ.

މިހާރު އުފެދިފައިވާ މި ނުތަނަވަސްކަމުގެ މައިގަނޑު ބޭނުމަކީ، ކުރިއަށް އޮތް ތަނުގައި އެމެރިކާއާއެކު ވެވޭ އެއްބަސްވުންތަކަށް އަމަލުކުރުމަށް އެމެރިކާއަށް މަޖުބޫރުކުރުވުމެވެ. ވަކިން ހާއްސަކޮށް، މީގެ ކުރިން ވެފައިވާ ފަހުމުނާމާތަކާއި، ކުރިއަށް އޮތް ތަނުގައި ވެވޭނެ ދާއިމީ އެއްބަސްވުންތަކަށް އެމެރިކާއިން ފުރިހަމައަށް އިހުތިރާމްކޮށް، އެއަށް އަމަލުކުރާނެކަން ކަށަވަރުކުރުމަށް އީރާނުން ބޭނުންވެއެވެ.

ދެ ގައުމުން ވެސް އެ ގައުމަކުން ގެންގުޅޭ ހަރުކަށި އުސޫލުތަކަށް ބަދަލު ގެންނަން ބޭނުން ނުވުމުގެ ސަބަބުން، މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ނުރައްކާތެރި ދަރަޖައަކަށް އުފުލިފައެވެ. މި "ޑެޑްލޮކް" ނުވަތަ ކުރިއަށް ނުގޮސް ހުއްޓިފައިވާ ހާލަތުގެ ސަބަބުން، ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ބައިނަލްއަގުވާމީ މުހައްލިލުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450