ދުނިޔެ

އެމެރިކާއަށް އިތުބާރު ކުރުމަކީ އީރާނަށް ދަތިކަމެއް: އެލެކްސް

އެމެރިކާއަށް އިތުބާރު ކުރުމަކީ އީރާނަށް ދަތިކަމެއް: އެލެކްސް

އެމެރިކާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކުރިއަށްދިޔަ މުޒާހަރާއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 04:40

10 ޖުލައި 2026، 04:40

އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމާ ގުޅޭގޮތުން އަސްކަރީ މާހިރެއް ކަމަށްވާ އެލެކްސް އަލްފިރާޒް ޝިއާސް ވިދާޅުވީ، އެމެރިކާއާ މެދު އީރާނުން ބާއްވާ ދެކޮޅުވެރިކަމަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް އިންސާފުވެރި އަދި ހަމަޖެހޭ ކަމެއް ކަމަށެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު އޮތް ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކީ އިތުބާރު ނެތުމުގެ މައްސަލައެވެ.

އަލްފިރާޒް ވިދާޅުވި ގޮތުގައި، މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޝްވަރާތައް ކުރިއަށް ދަނިކޮށް އެމެރިކާއާއި އިޒްރޭލުން ވަނީ އީރާނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ސަބަބާ ހުރެ، މަޝްވަރާތަކުން ނުކުންނާނެ ނަތީޖާއެއް ނެތް ކަމަށާއި، އެއީ ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އީރާނުގެ ސަރުކާރުން އެމެރިކާއަށް ކުރާ ނަފުރަތަކީ ވަރަށް ފުންކޮށް މޫލާފައިވާ ކަމެކެވެ. އަދި އެމެރިކާއިން ވާ މުއާހަދާތަކާއި ވައުދުތަކަށް އެ ގައުމުން އިހުތިރާމް ކުރާނެތޯ ނުވަތަ ނޫންތޯ މިއީ އީރާނުގެ މަސްލަހަތުވެރިންގެ މެދުގައި އޮތް އެންމެ ބޮޑު ސުވާލެވެ.

އަލްފިރާޒް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފެއްދުމަށް ހަގީގީ މަސައްކަތްތަކެއް ނުކުރެވޭހާ ހިނދަކު، މިހާރު އޮތް ހާލަތުގައި ކުރިއަށްގެންދާ މަޝްވަރާތަކުން އެދެވޭ އެއްވެސް ކުރިއެރުމެއް ލިބުމަކީ ދުރު ކަމެއް ކަމަށެވެ. މީގެ އިތުރުން، އެމެރިކާއިން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އީރާނުން އެމެރިކާއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަކީ އިންސާފުވެރި ނިންމުންތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450