ކުޅިވަރު
ފިނޭ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި
ފިނޭގެ ވޮލީ ކޯޓު / ފޮޓޯ: އެމްޓީސީސީ
ހދ. ފިނޭގައި ސަރުކާރުން ގާއިމްކުރި ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 28 ޖޫން 2026 ގައެވެ.
ފިނޭގައި އަލަށް ގާއިމްކުރި މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމާ ގުޅިގެން، އެ ރަށުގެ ކައުންސިލުން މިހާރު އަންނަނީ "ފިނޭ ކައުންސިލް މިނިވަން ވޮލީ މުބާރާތް 2026" ގެ ނަމުގައި އެއް ދުވަހުގެ ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި މުބާރާތަކީ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
Project Update: Completion of Volley Court at HDh. Finey
— MTCC Plc (@MTCCPlc) July 12, 2026
Physical works completed on 28th June 2026.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/YY5sgRcENd
މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި، ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ދެއްވާ އަހަމިއްޔަތު ހާމަވެގެންދާ ކަމެކެވެ.
ވޮލީ ކޯޓުގެ އިތުރުން، ފިނޭގައި މިހާރުވެސް ކުޅިވަރާއި ދުޅަހެޔޮކަމުގެ އިތުރު މަޝްރޫއެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެގޮތުން އެ ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވެސް ކުރިޔަށް އެބަދެއެވެ. މި ސެންޓަރު ނިމުމުން ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.