ޚަބަރު
އަމީރުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގެންފި
ޤަޠަރުގެ ކުރީގެ އަމީރު އައްޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ---
ޤަޠަރުގެ ކުރީގެ އަމީރު އައްޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ޤަޠަރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އާދީއްތަ ދުވަހުގެ ވަގުތެއްގައި އަވަހާރަވި ޤަޠަރުގެ ކުރީގެ އަމީރު އައްޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށާއި، ޤަޠަރުގެ މިހާރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީއަށާއި އެ ޤައުމުގެ ޝާހީ ޢާއިލާއަށް ރާއްޖޭގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ވެސް މިހާރު ދަނީ ޤަޠަރަށް ވަޑައިގަންނަވަމުންނެވެ.
ކުރީގެ އަމީރު އައްޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީއަކީ ޤަޠަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވި، އަދި އިސްލާމީ އުންމަތުގެ މެދުގައި ނުހަނު އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.