Ads by Farudhun

ޚަބަރު

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

13 ޖުލައި 2026، 06:37

13 ޖުލައި 2026، 06:37

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައި، ޚިޔާލު ބަދަލުކުރެއްވުމަށް ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައިވާ ގޮތުން މި ސިލްސިލާއަކީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށެވެ. އެއީ:

ހުޅުމާލެ އުތުރު ދާއިރާ
ހުޅުމާލެ މެދު ދާއިރާ
ހުޅުދޫ ދާއިރާ
ހޯރަފުށި ދާއިރާ

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ އެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ ތަފްސީލީ އުސޫލުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.

މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވަނީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ވަކިވަކީން އައްސަވަން ބޭނުންފުޅުވާ ކަމަށެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ސަރުކާރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ދެފުށް ފެންނަ ގޮތެއްގައި ވެރިކަން ހިންގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަބަދުވެސް ބާރުއަޅުއްވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުން އެދޭ ފަދަ ތަރައްޤީއެއް ހޯއްދަވައިދެއްވުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450