Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޤަތަރަށްކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ޖުލައި 2026، 09:58

14 ޖުލައި 2026، 09:58

ރައީސުލްޖުމްހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. 

ރައީސްގެ މި ދަތުރުފުޅަކީ،  ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، މިދިޔަ އާދިއްތަ ދުވަހު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ އާއިލާއަށާއި ޤަޠަރުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދެންނެވުމަށް ޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ރައީސް ވަނީ ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެ ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާ މެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ،  އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.

ރާއްޖެއާއި ޤަތަރާދެމެދު ސިޔާސީ ގުޅުމެއް ޤާއިމުކޮށްފައިވަނީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު، އެއަށްފަހު ޤަތަރުން ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއްއަދާކުރައްވާފައެވެ. އޭގެ ތެރެއިން ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ.

އެގޮތުން، ޤަޠަރު އެއަރވޭޒް ރާއްޖޭގައި އޮޕަރޭޓްކުރަން ފަށްޓަވާދެއްވުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރެއްވުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރެއްވުން ހިމެނެއެވެ. 

އެހެންކަމުން، ރާއްޖެއާއި ޤަޠަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމަށް ދިވެހިރާއްޖެއިން ދޭ ޚާއްޞަ އަހަންމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުން ރަމްޒުކޮށްދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450