ކުޅިވަރު

ވޯލްޑް ކަޕް ފައިނަލްގެ ހާފްޓައިމް 25 މިނެޓަށް ދިގުދެމިގެން ގޮސްފާނެ ކަމުގެ އިޝާރާތެއް

ވޯލްޑް ކަޕް ފައިނަލްގެ ހާފްޓައިމް 25 މިނެޓަށް ދިގުދެމިގެން ގޮސްފާނެ ކަމުގެ އިޝާރާތެއް

ވޯލްޑް ކަޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޖުލައި 2026، 04:44

15 ޖުލައި 2026، 04:44

އަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފްޓައިމް 20 އާއި 25 މިނެޓާ ދެމެދުގެ ވަގުތަކަށް ދިގުދެމިގެން ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގެ ހާފްޓައިމްގައި، އެމެރިކާގެ މަޝްހޫރު 'ސުޕަ ބޯލް' ސްޓައިލަށް 11 މިނެޓުގެ ޝޯއެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ޝޯގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ، ޝަކީރާ އަދި ކޭ-ޕޮޕް ބޭންޑް ބީޓީއެސް ފެނިގެންދާނެއެވެ.

ފީފާގެ އޮފިޝަލުންނާ ހަވާލާދީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ބްރޭކް ގާތްގަނޑަކަށް 20 މިނެޓަށް ދިގުދެމިގެންދާނެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އާންމުކޮށް އޮންނަ 15 މިނެޓުގެ ބްރޭކަށް ފަހު، އިތުރު 11 މިނެޓުގެ ޝޯއެއް ކުރިއަށް ގެންދިއުމަކީ ވެސް އޮތް ފުރުސަތެކެވެ.

ފުޓްބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ ބައިނަލްއަގުވާމީ އިދާރާ (އައިފެބް) ގެ ގަވާއިދުގައި ބުނެފައިވަނީ، މެޗުގެ ހާފްޓައިމް 15 މިނެޓަށް ވުރެ ދިގުވެގެން ނުވާނެ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު ނިއު ޖާޒީގައި ބޭއްވުނު ކްލަބް ވޯލްޑް ކަޕް ފައިނަލްގައި ވެސް ކޯލްޑްޕްލޭ އާއި ޖޭ ބަލްވިން ފަދަ ފަންނާނުންގެ ހުށަހެޅުންތަކާ އެކު ހާފްޓައިމް ވަނީ 24 މިނެޓަށް ދިގުދެމިގެން ގޮސްފައެވެ.

މި ފަހަރުގެ ފައިނަލް މެޗުގެ ރަސްމިއްޔާތުގައި ޓޮމް ކްރޫޒް، ލޯރާ ޕައުސީނީ، ނިކޯލް ޝާޒިންގަރ، ރޮބީ ވިލިއަމްސް އަދި މަޝްހޫރު އިންޓަނެޓް ޝަޚްޞިއްޔަތު އައިޝޯސްޕީޑް ވެސް ބައިވެރިވާނެއެވެ. އަދި އެމެރިކާގެ ގައުމީ ސަލާމް ކިޔުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ހަޑްސަންއެވެ.

ހާފްޓައިމް ޝޯވ މިހާދިގުކޮށް ކުރިޔަށް ގެންދިއުމުގެ ސަބަބުން ކުޅުންތެރިންނަށާއި މެޗުގެ އޮޔަވަރަށް އަތުވެދާނެ ބަދަލުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450