ކުޅިވަރު / ދުނިޔެ

ވޯލްޑް ކަޕުން އާޖެންޓީނާ ބޭރުކުރުމަށް ގޮވާލައި 10 މިލިއަން މީހުން ސޮއިކޮށްފި

ވޯލްޑް ކަޕުން އާޖެންޓީނާ ބޭރުކުރުމަށް ގޮވާލައި 10 މިލިއަން މީހުން ސޮއިކޮށްފި

އާޖެންޓީނާ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 11:57

16 ޖުލައި 2026، 11:57

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރަން ތައްޔާރުވަމުންދާއިރު، އާޖެންޓީނާ މުބާރާތުން ބޭރުކުރުމަށް ގޮވާލައި ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މި ހަރަކާތް ފަށާފައިވަނީ "argentinaout.com" ގެ ނަމުގައި ހިންގާ ކެމްޕޭނަކުންނެވެ. މި ކެމްޕޭނުގެ މައިގަނޑު ސަބަބަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެ ޓީމަށް ރެފްރީންގެ ފަރާތުން ހާއްސަ އެހީތެރިކަމެއް ނުވަތަ "ފޭވަރިޓިޒަމް" ލިބޭ ކަމަށް ކުރެވޭ ތުހުމަތުތަކެވެ.

ކެމްޕޭނުގެ ބަޔާނުގައި ބުނެފައިވަނީ، ފީފާ އާއި ރެފްރީން މެސީ އާއި އާޖެންޓީނާއަށް ބުރަވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، މުބާރާތުގެ ނަތީޖާ ކުރިން ނިންމާފައި އޮންނަ ނަމަ އެހެން ގައުމުތަކުން ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން އާޖެންޓީނާ މުބާރާތުން ބޭރުކޮށް، އެހެން ޓީމުތަކަށް އިންސާފުވެރި ފުރުސަތެއް ދިނުމަށް މި ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

އިންގްލެންޑާއި އާޖެންޓީނާގެ ކުރިމަތިލުމަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ ވާދަވެރި އެއް ކުރިމަތިލުމެވެ. މި ދެ ގައުމުގެ ދެމެދުގައި އޮންނަ ފޯލްކްލޭންޑް އައިލެންޑްސްގެ މިލްކުވެރިކަމުގެ މައްސަލައާއި، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާ ޖެހި މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑުގެ ހަނދާންތަކާއެކު މި މެޗަށް އޮތް ފޯރި ވަނީ ގަދަވެފައެވެ.

މި މެޗާ ގުޅޭގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ، އާޖެންޓީނާއަކީ ވަރަށް މަކަރުވެރި، ރޭވުންތެރި އަދި ފައުލް ހޯދަން ދަންނަ ޓީމެއް ކަމަށެވެ. ނަމަވެސް ބޭރުގެ އެއްވެސް ކަމަކަށް ސަމާލުކަން ނުދީ، އޭނާގެ ޓީމުން ފޯކަސް ކުރާނީ މެޗުން މޮޅުވުމަށް ކަމަށް ކޭން ބުންޏެވެ. ހެރީ ކޭން މިވަގުތު އަންނަނީ މެސީ އާއި އެމްބާޕޭއާ ވާދަކޮށް ރަން ބޫޓު ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450