Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ އަސާސީ ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ އަސާސީ ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ އަސާސީ ކޯހުގެ ދަރިވަރުންނާ ބަޑި ހަވާލުކުރުން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ޖުލައި 2026، 05:55

16 ޖުލައި 2026، 05:55

ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗާއި 73 ވަނަ ބެޗުގެ ދަރިވަރުން ހުވާކުރުމާއި، އެ ދަރިވަރުންނަށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޙުސެއިން މަޒީދެވެ. އަދި ހުވާކުރި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ދެ ބެޗާއެކު ތަމްރީނު ކޯސް ފުރިހަމަކޮށް، ޖުމްލަ 255 ދަރިވަރުން ވަނީ ސިފައިންގެ ހުވާ ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 212 ފިރިހެން ދަރިވަރުންނާއި 43 އަންހެން ދަރިވަރުންނެވެ.

ސިފައިންގެ އަސާސީ ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް

ތަމްރީނުތަކުގެ ތަފްސީލަށް ބަލާއިރު، 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްދިޔައީ އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ. މި އަހަރުގެ މާރިޗު މަހުގެ 7 އަކުން ޖޫން 11 އަށް ކުރިއަށްދިޔަ މި ބެޗުގައި 138 ދަރިވަރުން ކޯސް ފުރިހަމަކުރިއެވެ. ހަމަ އެ މުއްދަތުގައި ގިރިފުށި ޓްރެއިނިން ސެންޓަރުގައި ކުރިއަށްދިޔަ 73 ވަނަ ބެޗުގެ ކޯސް 117 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހި އަސްކަރިއްޔާއާ ގުޅޭ ކޮންމެ މީހަކުވެސް ފުރިހަމަކުރަން މަޖުބޫރު ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަގުސަދަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހުލާގު ރަނގަޅު، އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިން ބިނާކުރުމެވެ. މީގެ އިތުރުން ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ހުނަރުތަކާއި ޢިލްމު މި ކޯހުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450