ދުނިޔެ

އެމެރިކާގެ އަސްކަރީ ހަމަލާތަކަށް އީރާނުން ރައްދުދީފި

އެމެރިކާގެ އަސްކަރީ ހަމަލާތަކަށް އީރާނުން ރައްދުދީފި

މިސައިލް ހަމަލާއެއް. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖުލައި 2026، 03:21

17 ޖުލައި 2026، 03:21

އެމެރިކާގެ އަސްކަރިއްޔާއިން ވޭތުވެދިޔަ 6 ދުވަހު އީރާނަށް ދެމުންދިޔަ  ނިރުބަވެރި ޙަމަލާތަކަށް އެ ގައުމުން ރައްދުދީފައިވާ ކަމަށް، ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. 

ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އޭގެ ތެރޭގައި، ސީރިޔާއަށް އަމާޒުކޮށްދެވުނު ފުރަތަމަ ހަމަލާ ވެސް ހިމެނެއެވެ. 

މިދިޔަ މަހު އެ ދެ ގައުމުން ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހު ދެ ގައުމުން ގެންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. މިކަމާއި ގުޅިގެން، ހޮރްޒޫމް ކަނޑުއޮޅި އަނެއްކާވެސް ބަނދުވެ، ޝިޕިންގްއަށް ބުރޫ އަރާފައިވާއިރު، މިކަމާއި ގުޅިގެން އިންވެސްޓަރުންގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އީރާނުން ވަނީ ކައިރި ސަރަހައްދުތަކުގައި ހުރި އެކިއެކި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ އަމާޒުކޮށް މިއަދު މިސައިލް ހަމަލާތައް ފޮނުވާފައެވެ. އޭގެތެރޭގައި، ޖޯޑަން، ބަހްރެއިން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. އީރާނުން މި ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާއިން ވަނީ އީރާނުގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދީ، ހަތް މީހުން ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައެވެ. 

އެ ހަމަލާތަކުގައި ވަނީ ބްރިޖުތަކާއި، ރޭލު ސްޓޭޝަންތަކާއި، ވައިގެ ބަނދަރަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، މި ހަމަލާތަކަކީ އިރާނުގެ އަސްކަރީ ބާރުދަށްކޮށްލުމުގެ ގޮތުން ދޭންފެށި ހަމަލާތަކެއް ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450