Ads by Farudhun

ޚަބަރު

ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ އިތުބާރު ހުރި ބައިވެރިއެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ އިތުބާރު ހުރި ބައިވެރިއެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޗައިނާއާއި ރާއްޖެއާއި ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 ޖުލައި 2026، 11:06

18 ޖުލައި 2026، 11:06

ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާއި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމުގައި ޗައިނާއަކީ ގާތް އަދި އިތުބާރު ހުރި ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ފައިދާވާނެ ކޮންމެ ކަމެއްގައި ދުނިޔޭގެ ހުރިހާ ގައުމުތަކަކާ އެކުވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. ނަމަވެސް، ރާއްޖެއަށް ބޭނުންވާ ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ޗައިނާއަކީ ވަރަށް "ރިލަޔަބަލް" ނުވަތަ އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިއީ އެތައް ޒަމާނެއް ވަންދެން އެއްވެސް ސަރުކާރަކަށް މުޅިން ހައްލު ނުކުރެވި އޮތް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންނަމަވެސް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމަށް ހިންގާ ބޮޑު މަޝްރޫއުގެ ސަބަބުން، ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"ޗައިނާ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި، ދިވެހި ރައްޔިތުންނަށް ފައިދާވާ އިގްތިސޯދީ، ބޯހިޔާވަހިކަމުގެ އިތުރުން އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ގައުމެއް. އެއީ ވަރަށް އިތުބާރު ކުރެވޭ ބައިވެރިއަކަށް ވާތީ، މި މަޝްރޫއުތަކުގައި ސަރުކާރުން ވަރަށް ގާތުން މަސައްކަތްކޮށް، ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން،"

ރައީސް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ޗައިނާގެ ކޮންޓްރެކްޓަރުން ރާއްޖެ އައިސް އަމަލީ މަސައްކަތް ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ކުރިއަށް ދަނީ މަޝްރޫއު ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ އިދާރީ ތައްޔާރީތައް ކަމަށާއި، މަސައްކަތް ފެށުމަށްފަހު އެއްވެސް މެދުކެނޑުމެއްނެތި ބާރުމިނުގައި ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ބަދަލުތަކުގެ މުހިންމު ހިއްސާދާރެއްކަން ފާހަގަކުރައްވައި، އެ ގައުމާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ތަރައްގީގެ މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450