ދުނިޔެ

އީރާނުން ކުވޭތުގެ ތެޔޮ މަރުކަޒަކަށް ހަމަލާދީފި

އީރާނުން ކުވޭތުގެ ތެޔޮ މަރުކަޒަކަށް ހަމަލާދީފި

ކުވޭތުގެ ތެޔޮ މަރުކަޒަކަށް ހަމަލާ ދީފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖުލައި 2026، 03:55

18 ޖުލައި 2026، 03:55

ކުވޭތުގެ ތެޔޮ އުފައްދާ މުހިންމު މަރުކަޒަކަށް އީރާނުން ތަކުރާރުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ކުވޭތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ) އިން ހާމަކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވޭތުގެ ތެޔޮ ސިނާއަތުގެ ވަރަށް މުހިންމު ސައިޓަކަށް އީރާނުން ދިން ހަމަލާތަކުގެ ސަބަބުން އެ ތަނަށް ބޮޑެތި  ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ކުވޭތުގެ ރަސްމީ ނޫސް އެޖެންސީ "ކޫނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާގައި އަނިޔާވި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ވަގުތުން ފޯރުކޮށްދީފައިވާ ކަމަށާއި، ހަމަލާ ދިން ސަރަހައްދު މިހާރު ވަނީ އެއްކޮށް ހުސްކުރެވިފައެވެ. ކުވޭތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި ހަމަލާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ގައުމުގެ ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މިހާރު ދަނީ އަޅަމުންނެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
އ

އަލީ ބިން ޔޫސުފް

18/07/2026 16:12

އީރާނުގެ ރަަފިދީ ޝިޔައީންނަކީ ޔަހޫދީންނާއި ނަސޯރާއިންނަށް ވުރެން ސުންނީ މުސްލިމުންދެކެ ރުޅިއަންނަ އަދަަވަތްތެރި ބަޔެކެވެ. ޢަބަދުވެސް ބަލާނީ ސައޫދީ، ކުވެއިތު، އަރަބް އެމިރަެޓްސް، ޖޯޑަން، ގަތަރު ފަދަ މުސްލިމުންނަށް ގެއްލުމެއް ދޭށެވެ. އީރާނަށް ހަލާކު ހުއްޓެވެ.