ދުނިޔެ
އެމެރިކާއިން އީރާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި 116 މުވާސަލާތީ ޓަވަރު ހަލާކުވެއްޖެ
އެމެރިކާއިން އީރާނަަށް ދީފައިވާ ހަމަލާއެއް
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ރޭގެ ވަގުތެއްގައި ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ ހޯރްމޯޒްގާން ޕްރޮވިންސްގެ 116 މުވާސަލާތީ ޓަވަރެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ހޯރްމޯޒްގާން ޕްރޮވިންސްގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ އިސްވެރިޔާ ވިދާޅުވީ، އެމެރިކާގެ މި ހަމަލާތަކުގެ ސަބަބުން ބަންދަރު އައްބާސް އާއި ހާޖީއާބާދު ހިމެނޭހެން އެ ޕްރޮވިންސްގެ އުތުރުގެ ސަރަހައްދުތަކުގެ މުވާސަލާތީ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ޖުމްލަ 116 މުވާސަލާތީ ޓަވަރެއް ޚިދުމަތުން މެދުކެނޑިފައިވާއިރު، އެ ސަރަހައްދުތަކުގެ ފިކްސްޑް-ލައިން ފޯނުގެ ޚިދުމަތާއި، މޯބައިލް ފޯނުގެ ޚިދުމަތުގެ އިތުރުން އިންޓަރނެޓްގެ ޚިދުމަތް ވަނީ މުޅިން ހެން މެދުކެނޑިފައެވެ.