ދުނިޔެ

ދީން މަނާކުރާތީ ފްލައިޓްގަ އަންހެނެއްކައިރި އިށީނުމަށް ދެކޮޅުހަދާ ހަމަލާދީފި

ދީން މަނާކުރާތީ ފްލައިޓްގަ އަންހެނެއްކައިރި އިށީނުމަށް ދެކޮޅުހަދާ ހަމަލާދީފި

ފްލައިޓެއްގެ އެތެރެ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖުލައި 2026، 09:15

18 ޖުލައި 2026، 09:15

ޖަރުމަނުގެ ޑުސެލްޑޯފްއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި، އަންހެނެއްގެ ކައިރީގައި އިށީންނަން ދެކޮޅުހަދައި، ފްލައިޓް އެޓެންޑަންޓަކަށް ހަމަލާދިން ފަސިންޖަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ރިޕޯޓްތައް ބުނާގޮތުގައި، ހައްޔަރުކޮށްފައިވަނީ ޖަރުމަނުގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ތުރުކީ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ފްލައިޓް ޑުސެލްޑޯފް އެއާޕޯޓުގައި ޖެއްސުމާއެކުގައެވެ.

ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މީހާ ވަނީ އޭނާގެ ކައިރީގައި އަންހެނަކު އިށީންނަން އުޅުމުން އެކަމާ ދެކޮޅު ހަދައި، އެއީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއް ކަމަށް ބުނެ އަޑުގަދަކޮށްފައެވެ. މި މައްސަލަ ހައްލުކުރުމަށް އެ ފްލައިޓްގެ އަންހެން އެޓެންޑަންޓަކު އޭނާއާ ވާހަކަދައްކަން މަސައްކަތް ކުރުމުން، ކޯފާ އިސްކޮށް އޭނާ ވަނީ އެޓެންޑަންޓްގެ މޫނުމަތީގައި ޖަހާފައެވެ.

ފުލުހުން ބުނި ގޮތުގައި، މި މީހާ ހައްޔަރުކޮށް ސުވާލުކުރަން ފެށުމުން ފުރަތަމަ ވަނީ ފުލުހުންނަށް ތުރުކީ ބަހުން ވަރަށް ބޮޑަށް ހަޖޫޖަހައި އިހާނެތިކޮށް ވާހަކަދައްކާފައެވެ. ނަމަވެސް، އެތަނުގައި ހުރި އެއް ފުލުހަކަށް ތުރުކީ ބަސް އެނގޭކަން އޭނާއަށް ރޭކާލުމާއެކު، ފަހުން ވަނީ އެޓެންޑަންޓަށް ހަމަލާދިން ކަމަށް އިއުތިރާފުވެފައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ފްލައިޓް އެޓެންޑަންޓަށް ހަމަލާދިނުމުގެ ދައުވާގެ އިތުރުން، ފުލުހުންނަށް ފުރައްސާރަކުރުމުގެ ދައުވާވެސް އުފުލާފައެވެ.

މި ހާދިސާ ހިނގީ ތުރުކީ އެއާލައިންސްގެ ފްލައިޓެއްގައި ކަމަށް ކުރިން ބައެއް ރިޕޯޓްތައް ބުނި ނަމަވެސް، އެ އެއާލައިނުން ވަނީ އެކަން ދޮގުކޮށްފައެވެ. ތުރުކީ އެއާލައިންސްގެ ތަރުޖަމާނަކު ބުނީ މި ހާދިސާއަކީ އެ އެއާލައިންގެ އެއްވެސް ފްލައިޓެއްގައި ހިނގި ކަމެއް ނޫން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450