ދުނިޔެ

އަތުބޮމާއި ގޮވާތަކެތި ފުލުހުންގެ އިދާރާއަށް ނުގެނައުމަށް އިލްތިމާސްކޮށްފި

އަތުބޮމާއި ގޮވާތަކެތި ފުލުހުންގެ އިދާރާއަށް ނުގެނައުމަށް އިލްތިމާސްކޮށްފި

ކެނެޑާއިން ފެނިފައިވާ ބައެއް ގޮވާތަކެތި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖުލައި 2026، 10:11

18 ޖުލައި 2026، 10:11

ކެނެޑާގެ އޮޓާވާގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރި ނުގޮވާ އޮތް އަތުބޮމެއް އާންމު ފަރާތަކުން ފުލުހުންގެ މަރުކަޒަށް ގެންދިޔުމާ ގުޅިގެން، އެފަދަ ނުރައްކާތެރި ތަކެތި ފުލުހުންގެ އިދާރާތަކަށް ނުގެނައުމަށް އޮންޓޭރިއޯ ޕްރޮވިންޝަލް ޕޮލިސް (އޯ.ޕީ.ޕީ) އިން ވަރުގަދަ އިންޒާރެއް ނެރެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އަންހެނަކު އޭނާއަށް ފެނުނު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ އަތުބޮމެއް، އެ ނައްތާލުމަށް އެދި އޮޓާވާގައި ހުންނަ އޯ.ޕީ.ޕީ ޑިޓެޗްމަންޓަށް ގެންދިޔުމުންނެވެ. މިކަމާ ގުޅިގެން ފޭސްބުކް މެދުވެރިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ އެއްޗެއް ފެނިއްޖެ ނަމަ، އެއްވެސް ހާލެއްގައި އެ އެއްޗެއް އުފުލައިގެން ފުލުހުންގެ އިދާރާއަށް ނުގެނައުމަށް އާންމުންނަށް ހަނދާންކޮށްދޭ ކަމަށެވެ.

އޮންޓޭރިއޯ ޕްރޮވިންޝަލް ޕޮލިސްގެ ތަރުޖަމާނު މައިކަލް ފާތީ 'އޮޓާވާ ސިޓިޒަން' ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، އެފަދަ ތަކެތި ހުރީ ކޮން ހާލަތެއްގައި ކަމެއް ނުވަތަ ކޮންމެ ވަގުތަކުވެސް ގޮވައިފާނެ ކަމެއް ނޭނގޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެފަދަ ނުރައްކާތެރި ކަމެއްގެ ތެރެއަށް އަމިއްލައަށް ހުށަހެޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، އެ އަންހެން މީހާ ގެނައި އަތުބޮން ފުލުހުންގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއެކު ބޭއްވުމަށްފަހު، މިހާރު ވަނީ އެތަކެތި ނައްތާލުމަށްޓަކައި ޕެޓަވާވާގައި ހުންނަ ކެނެޑާގެ އަސްކަރީ ފައުޖުތަކާ ހަވާލުކޮށްފައެވެ. ފުލުހުން ބުނީ ގޮވާތަކެތި ނުވަތަ އަސްކަރީ ސާމާނު އަމިއްލައަށް އުފުލައި ހެދުމަކީ އެ އެއްޗެއް ގެންދާ މީހާގެ އިތުރުން ކައިރީގައި ތިބޭ އެހެން މީހުންގެ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން، މިފަދަ ނުގޮވާ ހުރި އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް އޮތް ތަނަކުން ނުގުޑުވައި ބޭއްވުމަށާއި، ވަގުތުން ފުލުހުންނަށް ގުޅައި އެކަން ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެފަދަ ހާލަތްތަކުގައި ފުލުހުންގެ ޚާއްޞަ 'އެކްސްޕްލޯސިވް ޑިސްޕޯސަލް ޔުނިޓް' އިން އެތަނަކަށް ގޮސް، ރައްކާތެރިކަމާއެކު އެ އެއްޗެއް ނައްތާލުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450