ދުނިޔެ

ޣައްޒާ ކައިރި ސަރަޙައްދުތަކަކީ "ބަންދު ކުރެވިފައިވާ އަސްކަރީ ސަރަޙައްދެއް" ކަމަށް ކަނޑައަޅައިފި

ޣައްޒާ ކައިރި ސަރަޙައްދުތަކަކީ "ބަންދު ކުރެވިފައިވާ އަސްކަރީ ސަރަޙައްދެއް" ކަމަށް ކަނޑައަޅައިފި

ޣައްޒާ ބޯޑަރު ސަރަޙައްދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 12:49

19 ޖުލައި 2026، 12:49

ޣައްޒާ ކައިރީގައިވާ ބައެއް ސަރަޙައްދުތަކަކީ "ބަންދު ކުރެވިފައިވާ އަސްކަރީ ސަރަޙައްދެއް" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު އިޢުލާންކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަދު ހެނދުނު 8:00 (ޖީ.އެމް.ޓީ އިން 05:00) އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށެވެ.

"ދަ ޓައިމްސް އޮފް އިސްރާއީލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ހަރުކަށި ފިކުރުގެ "ނަހާލާ" ސެޓްލަރ ގްރޫޕުން އެ ސަރަޙައްދަށް ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ގްރޫޕަކީ ޣައްޒާގެ އެތެރޭގައި އިސްރާއީލުގެ އާބާދުވުންތައް އަލުން ގާއިމުކުރުމަށް ވަކާލާތުކުރާ ބައެކެވެ.

އަސްކަރިއްޔާއިން ބަންދުކުރި ސަރަޙައްދުތަކުގެ ތެރޭގައި ޣައްޒާގެ އުތުރުން ޔަދު މޯރްދެކައި އިން ފެށިގެން، އިރުމަތީގެ ރޫޓް 232 އާއި، ދެކުނުގެ ކެރެމް ޝަލޯމްއާ ހަމައަށް ހިމެނޭ މުޅި ސަރަޙައްދު ހިމެނެއެވެ.

އިސްރާއީލުގެ އަސްކަރީ މަސްދަރަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި މި ސަރަޙައްދުތައް ބަންދުކުރަން ޖެހުނީ، ސެޓްލަރުންގެ ގްރޫޕުން ޣައްޒާގެ ތެރެއަށް ޣައިރު ގާނޫނީ ގޮތުން ވަނުމަށް ރާވަމުންދާތީއެވެ.

ޣައްޒާގެ މުސްލިމް އަޚުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، ހަރުކަށި ޔަހޫދީން ދަނީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450