ކުޅިވަރު

ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް

ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް

ފައިނަލް މެޗަށް ފަހު ރޮޑްރީއާ ޓްރޮފީ ހަވާލުކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2026، 03:54

20 ޖުލައި 2026، 03:54

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ސްޕެއިން ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެ ޓީމުގެ ރޮޑްރީ ހޯދައިފިއެވެ.

މި މުބާރާތަކީ ރޮޑްރީގެ ކަކުލަށް ލިބުނު  އަނިޔާއަކަށްފަހު އޭނާ އެނބުރި އައިސް ކުޅުނު ފުރަތަމަ ބޮޑު މުބާރާތެވެ. އަދި ވޯލްޑް ކަޕްގައި އޭނާ އެއް މެޗަށް ވުރެ އަނެއް މެޗުގައި މޮޅު ކުޅުމެއް ދައްކައި، ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރުގެ މަގާމު ދިފާއުކޮށްފައެވެ.

މުޅި މުބާރާތުގައި ސްޕެއިން ކުޅުނު ހުރިހާ މެޗެއްގައި ރޮޑްރީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ސްޕެއިންގެ ކުޅުން ކޮންޓްރޯލްކޮށް، ޓީމުގެ "ރިދަމް" ހިފެހެއްޓުމުގައި އޭނާ އަދާކުރި ދައުރަކީ ސްޕެއިންގެ ފޯވާޑުންނަށް މިނިވަންކަމާއެކު އެޓޭކް ކުރުމަށް ލިބުނު އެންމެ ބޮޑު ބާރެވެ. ޚާއްޞަކޮށް ސެމީ ފައިނަލްގައި ފްރާންސް އަތުން 2-0 އިން ސްޕެއިން މޮޅުވި މެޗުގައި ރޮޑްރީ ދެއްކި ކުޅުމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުގެ ތައުރީފު ވަނީ އޮހިފައެވެ. އެ މެޗަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް މެޗު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 1-0 އިން ސްޕެއިން ކާމިޔާބު ކުރިއިރު، އެ މެޗުގައި ވެސް ރޮޑްރީ ވަނީ ސްޕެއިންގެ މިޑްފީލްޑް ވަރުގަދަކޮށް ބަލަހައްޓާފައެވެ. އޭނާގެ ކުޅުމަކީ ހަމައެކަނި ގޯލު ޖެހުމާއި އެސިސްޓް ކުރުމަށްވުރެ ބޮޑަށް، ދަނޑުމަތީގެ ކޮންޓްރޯލާއި، ހަމަޖެހުމާއި، އަދި ޓެކްޓިކަލް ގޮތުން ޓީމު ރޭވުމުގެ މުހިންމު ބައެކެވެ. 

ލަމީން ޔަމާލް އަދި ޑެނީ އޮލްމޯ ފަދަ އެޓޭކިންގ ކުޅުންތެރިން މި މުބާރާތުން ފާހަގަވެގެން ދިޔަ ނަމަވެސް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ރޮޑްރީއަށް ލިބުނީ އޭނާގެ މޮޅު ކުޅުމުގެ ސަބަބުންނެވެ.

މި މުބާރާތުގެ އެހެން ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިންގެ ޕާއު ކުބާސީއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަށްދޭ ގޯލްޑަން ގްލޯވް އެވޯޑް ހާސިލްކުރީ ސްޕެއިންގެ އުނައި ސިމޯންއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450