ދުނިޔެ

އިންޑިއާ-އެމެރިކާގެ ވިޔަފާރި އެއްބަސްވުމާ ދެކޮޅަށް ޕަންޖާބުގެ ދަނޑުވެރިން ނިކުމެއްޖެ

އިންޑިއާ-އެމެރިކާގެ ވިޔަފާރި އެއްބަސްވުމާ ދެކޮޅަށް ޕަންޖާބުގެ ދަނޑުވެރިން ނިކުމެއްޖެ

ޕަންޖާބުގެ ދަނޑުވެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 12:12

21 ޖުލައި 2026، 12:12

އިންޑިއާ އާއި އެމެރިކާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ވިޔަފާރީގެ އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، ޕަންޖާބުގެ ގިނަ އަދަދެއްގެ ދަނޑުވެރިން މިއަދު ނިއުދިއްލީގައި ބާއްވާ ބޮޑު ރެލީއެއްގައި ބައިވެރިވާން ނިންމައިފިއެވެ.

މި ރެލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިއްލީގެ ކިސާން ގަޓުގައެވެ. 'ކިސާން މަޒްދޫރު މޯޗާ' ގެ ލީޑަރު ސަރްވަން ސިންގް ޕަންދޭރު ވިދާޅުވި ގޮތުގައި، މި މުޒާހަރާގައި ބައިވެރިވުމަށް ޕަންޖާބުގެ އިތުރުން ހަރިޔާނާ، ހިމާޗަލް ޕްރަދޭޝް އަދި ރާޖަސްތާނުން ވެސް ގިނަ އަދަދެއްގެ ދަނޑުވެރިން ގައުމީ ވެރިރަށަށް ދާނެއެވެ.

'ދޭޝް ބަޗާއޯ މޯޗާ' ގެ ބެނާގެ ދަށުން އިންތިޒާމުކުރާ މި ރެލީގެ މައިގަނޑު ބޭނުމަކީ އިންޑިއާ-އެމެރިކާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ބާރުއެޅުމެވެ. ދަނޑުވެރިން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އަގުހެޔޮކޮށް ދަނޑުވެރިކަމުގެ ބާވަތްތައް އިންޑިއާއަށް އެތެރެކުރުމުގެ ފުރުސަތު ލިބި، އޭގެ ނޭދެވޭ އަސަރު ދަނޑުވެރިންނަށާއި، މަސައްކަތްތެރިންނަށާއި، ކުދި ވިޔަފާރިވެރިންގެ އިތުރުން ގައުމުގެ ދަނޑުވެރިކަމުގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެއެވެ.

ޕަންދޭރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމަކީ ހަމައެކަނި މަދު ބާވަތްތަކަކަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއް ނޫނެވެ. މީގެ ތެރޭގައި ކިރުގެ އުފެއްދުންތަކާއި، ސިނާއީ މަސައްކަތްތަކާއި، ޑިޖިޓަލް ވިޔަފާރީގެ އިތުރުން އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

ޕަންޖާބުގެ ގިނަ ދަނޑުވެރި ޖަމިއްޔާތަކުން މި އެއްބަސްވުމާ ދެކޮޅަށް ކުރިން ވެސް ވަނީ ސައިކަލު ބުރެއް ބާއްވައި ނުރުހުން ފާޅުކޮށްފައެވެ. ދަނޑުވެރިން މިހާރު ގޮވާލަމުންދަނީ އިންޑިއާގެ މަރުކަޒީ ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ، ދަނޑުވެރިންނާއި އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މި އެއްބަސްވުން ދޫކޮށްލުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450