ދުނިޔެ

ކެރެންޏާ އަރާބަލަ ، އެމެރިކާ ސިފައިންގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިބި : އީރާނު

ކެރެންޏާ އަރާބަލަ ، އެމެރިކާ ސިފައިންގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިބި : އީރާނު

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 02:24

21 ޖުލައި 2026، 02:24

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ގައުމުގެ ތެލުގެ މައި މަރުކަޒު ކަމަށްވާ "ޚާރްގް އައިލެންޑް" ހިފުމަށް ދެމުންދާ އިންޒާރުތަކަށް އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ސިފައިން އީރާނުގެ ބިމަށް އަރައިފިނަމަ، އެމީހުންނާ ކުރިމަތިލުމަށް "މިނެޓު ގުނަމުންދާ" ބަޔަކު އީރާނުގައި އެބަތިބި ކަމަށެވެ. އަދި އެފަދަ "ފިނޑި އަމަލެއްގެ" ނަތީޖާ ވަރަށް ހިތިވާނެ ކަމަށާއި، އެމެރިކާ ސިފައިން އަންނާނެ ވަގުތަކަށް ކެތްމަދުވެފައި ތިބި އެތައް ބަޔަކު އެ ސަރަހައްދުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ބޫޝެހްރު ޕްރޮވިންސްގެ އައްސޭރިފަށުން 55 ކިލޯމީޓަރު ދުރުގައި އޮންނަ ޚާރްގް އައިލެންޑަކީ އީރާނުގެ އިގްތިސާދުގެ މައިނާރެވެ. އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ހިއްސާކުރަނީ މި ރަށުންނެވެ. މި ރަށުގެ ވަށައިގެންވާ ކަނޑުގެ ފުންމިނުގެ ސަބަބުން ދުނިޔޭގެ އެންމެ ބިޔަ ތެޔޮ ޓޭންކަރުތަކަށް ވެސް އެތަނަށް ގާތްކުރެވެއެވެ.

ބަގާއީ އިތުރަށް ވިދާޅުވީ، އެމެރިކާއާއެކު ވެފައިވާ ވަގުތީ އެއްބަސްވުމަކީ ވަރަށް ސާފު އެއްބަސްވުމެއް ކަމަށެވެ. 14 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގައި އެއްވެސް އޮޅުންބޮޅުމެއް ނެތް ކަމަށާއި، މިއީ އެމެރިކާއިން އެއްބަސްވުމާ ޚިލާފުވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލުގެ ބެލެހެއްޓުމަކީ އީރާނުގެ ޒިންމާއެއް ކަމަށާއި، އެކަން ކުރިއަށްދާނީ އޮމާން އާއި ސަރަހައްދީ އެހެން ގައުމުތަކާ މަޝްވަރާކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ދަނީ އީރާނުގެ މުހިންމު ތަންތަނަށް ހަމަލާދިނުމާއި، ޚާރްގް އައިލެންޑް ހިފުމުގެ އިތުރުން އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅުންހުރި ކަމަށް ބެލެވޭ "ޕިކްއެކްސް މައުންޓަން" ކޮމްޕްލެކްސްއަށް ހަމަލާދިނުމާ މެދު ވިސްނަމުންނެވެ.

މިކަމާ ގުޅޭގޮތުން ސެކިއުރިޓީ ތަޖުރިބާކާރުން ބުނަނީ، އެމެރިކާއަށް އަސްކަރީ ގޮތުން އީރާނުގެ ކުޑަ ރަށެއް ހިފުމުގެ ގާބިލްކަން ހުރި ނަމަވެސް، އެތަން ބާރުގެދަށަށް ގެނެސްގެން ތިބުމަކީ ވަރަށް ނުރައްކާތެރި އަދި ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށެވެ. މެދުއިރުމަތީގައި އެމެރިކާގެ 50,000 ސިފައިން ތިބި ނަމަވެސް، އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތަކަށް އެމެރިކާ ސިފައިން ހުށަހެޅިގެންދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450