Ads by Farudhun

ޚަބަރު

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

ރައީސް އޮފީސް - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ޖުލައި 2026، 12:43

23 ޖުލައި 2026، 12:43

އައްޑޫ ސިޓީގެ އިދާރީ ދާއިރާގައި ހިމެނޭ ބައެއް ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށްޓަކައި، އެ ސިޓީގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރި އިޢުލާނުގައިވާ ގޮތުން، މި ނިންމެވުމުގެ ދަށުން އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ "ސަވާހެލި" ވަނީ އެ ސިޓީގެ އިޚްތިޞާޞުން ވަކިކުރައްވާފައެވެ. މި ބަދަލު ގެންނަން ނިންމެވީ އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ.

މި އިޞްލާޙު ގެންނަވާފައިވަނީ ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ.

މި ބަދަލާ ގުޅިގެން އިޚްތިޞާޞަށް އައި ބަދަލުތައް ހިމެނޭ ޗާޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

އައްޑޫ ސިޓީގެ އިޚްތިޞާޞަށް މި ބަދަލު ގެންނެވިއިރު، ސަރުކާރުން ދަނީ އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450