Ads by Farudhun

ޚަބަރު

މިޞްރުގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

މިޞްރުގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

މިޞްރުގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 02:45

23 ޖުލައި 2026، 02:45

މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޢާދިލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފީރު ޢާދިލް އިބްރާހީމްގެ ސަފީރުކަމުގެ ދައުރުގައި، ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވަމުން، ޚާއްޞަކޮށް މިޞްރު ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށާއި، މިޞްރުގެ ޞިއްޙީ ދާއިރާގެ މާހިރުން ރާއްޖޭގައި ކުރައްވާ ޚިދުމަތްތަކަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް މިޞްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ބަދަހި ޢަޒުމެއްގައި ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެގޮތުން ޘަޤާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ތަޢުލީމީ، ސަލާމަތީ އަދި ދިފާޢީ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެ އާއި މިޞްރާ ދެމެދު އޮތް ތާރީޚީ އަދި ގާތް ގުޅުން ކުރިމަގުގައި އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެ ފަރާތުންވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450