Ads by Farudhun

ޚަބަރު

އިތުރު އަށް ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އިތުރު އަށް ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ކެނެޑާގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅުއަރުވަނީ. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖުލައި 2026، 04:24

23 ޖުލައި 2026، 04:24

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އިތުރު އަށް ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

އެ ބޭފުޅުން ރައީސަށް ފަތްކޮޅު އަރުވާފައިވަނީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 22 ޖުލައި 2026 ވީ ބުދަ ދުވަހު ވެސް އަށް ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން ވަނީ ރައީސަށް ފަތްކޮޅު އަރުވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުއްވި ސަފީރުންނަކީ:

  1. ޕޯޗުގަލް: ނޮން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލަންސީ، ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ
  2. ކިންގްޑަމް އޮފް ބޫޓާނު: ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ
  3. ކެނެޑާ: ހައިކޮމިޝަނަރ، ހަރ އެކްސަލަންސީ އިޒަބެލް މެރީ ކެތެރިން މަރޓިން
  4. ރިޕަބްލިކް އޮފް އޮސްޓްރިއާ: ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ރޮބަރޓް ޓްސީގް
  5. ބުރުކީނާ ފާސޯ: ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ
  6. ރިޕަބްލިކް އޮފް ގާނާ: ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ
  7. ތުރުކުމަނިސްތާނު: ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޝަލާރް ގެލްޑެނަޒަރޮވް
  8. ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް: ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ވިތާޔާ ޒަޔާވޮންގ

 

ހުރިހާ ސަފީރުން ވެސް މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ. 

ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ތަހުނިޔާ ވެސް ދަންނަވާފައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ ހުރިހާ ސަފީރުންނާއި ވަކިވަކިން ބައްދަލުކުރައްވާ ދިވެހިރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި  ދެ ގައުމުން އިސްކަންދޭ ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، އަދި ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450