Ads by Farudhun

ޚަބަރު

މާލޭގެ އުތުރު ފަރާތާއި ރިންގް ރޯޑްގެ ބާކީ ބައި ތަރައްގީކުރުމުގެ މަޝްރޫއު ނޮވެމްބަރަށް ނިންމަނީ

މާލޭގެ އުތުރު ފަރާތާއި ރިންގް ރޯޑްގެ ބާކީ ބައި ތަރައްގީކުރުމުގެ މަޝްރޫއު ނޮވެމްބަރަށް ނިންމަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖުލައި 2026، 05:27

25 ޖުލައި 2026، 05:27

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ހުރި މަސައްކަތްތައް، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމަވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ އުތުރު ފަރާތުގެ ތަރައްގީގެ ދެވަނަ ފިޔަވަހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއި، މާލޭގެ ރިންގް ރޯޑް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މިއަހަރުގެ ތެރޭގައި ކުރިއަށްދާނެއެވެ.



މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނީ އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ރިންގް ރޯޑްގެ ބާކީ ބައިގެ މަސައްކަތެވެ. މީގެ އިތުރުން، އުތުރު ފަރާތު ބަނދަރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެ ސަރަހައްދުގެ ހިދުމަތްތައް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މާލޭގެ ބަނދަރު ސަރަހައްދަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450