Ads by Farudhun

ޚަބަރު

ބޭހުގެ މާފިޔާ ހުއްޓުވުމުން އަހަރަކު 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސް

ބޭހުގެ މާފިޔާ ހުއްޓުވުމުން އަހަރަކު 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސް

ރައީސުލްޖުމުޙުރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 01:25

26 ޖުލައި 2026، 01:25

ރާއްޖޭގައި އެތައް އަހަރުތަކެއް ވަންދެން މޫލާފައި އޮތް ބޭހުގެ މާފިޔާއަށް ނިމުމެއް ގެނައުމާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި އޮތް ބޮޑު އިސްރާފާއި ވައްކަން ހުއްޓުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

ބޭހުގެ އަގުތައް އިންތިހާއަށް އުފުލިފައި އޮތް އޮތުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އާސަންދައިގެ ތެރެއިން ބައެއް އަމިއްލަ ފަރާތްތަކުން ބޭސް ވިއްކައިގެން 2000 އިންސައްތައަށްވުރެ ބޮޑު ފައިދާ ނަގަމުން ދިޔަ ކަމަށެވެ. މިއީ ރައްޔިތުންގެ ފައިސާއަށް ވެވޭ ބޮޑު ހިޔާނާތެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މެކްސިމަމް ރީޓެއިލް ޕްރައިޒް (އެމްއާރްޕީ) ކަނޑައެޅީ މިފަދަ "މާފިޔާ" ތަކަށް ނިމުމެއް ގެނައުމަށް ކަމަށެވެ.

"މި ވޭސްޓޭޖު، މި ލީކޭޖު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނިމުމަކަށް ގެނައީ، 500 އެތައް މިލިއަން ރުފިޔާއެއް އޭގެ ސަބަބުން ސަލާމަތް ކުރެވޭ ކޮންމެ އަހަރަކު. އޭގެ ރިޕަކަޝެނެއްގެ ގޮތުން ގަސްތުގައި ރައްޔިތުންނަށް ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރަމުން ދިޔަ ކަންތައްތަކުން ބޭހުގެ ދަތިކަން އައީ"

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ގަސްތުގައި ރައްޔިތުން ހާލުގައި ޖެއްސުމަށްޓަކައި ބޭހުގެ ދަތިކަން ކުރިމަތިކުރުވަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން މިހާރު ވަނީ 'ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން' (ސްޓޭޓްފާމާ) އުފައްދަވައި، ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާ ކުރަން ފަށާފައެވެ.

ކުރިއަށް އޮތް 2 ނުވަތަ 3 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވެފައިވާ ހުރިހާ ދަތިތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450