ދުނިޔެ

އެމެރިކާއިން ހަމަލާ ނުދޭ ނަމަ، އީރާނުން ވެސް ހަމަލާއެއް ނުދޭނެ ކަމަށް ބުނެފި

އެމެރިކާއިން ހަމަލާ ނުދޭ ނަމަ، އީރާނުން ވެސް ހަމަލާއެއް ނުދޭނެ ކަމަށް ބުނެފި

އީރާނު. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖުލައި 2026، 02:34

27 ޖުލައި 2026، 02:34

އެމެރިކާއިން އިސްވެ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އީރާނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލުމާއި ގުޅިގެން އީރާނުން ވަނީ، އެ ގައުމުގެ ހަމަލާތައް ވެސް ހުއްޓާލައިފައެވެ. އަދި އެމެރިކާއިން އިސްވެ ހަމަލާއެއް ނުދޭހާ ހިނދަކު، އީރާނުން ވެސް ހަމަލާތައް ދޭން ނުފަށާނެކަމަށް، އީރާނުގެ އިސް އޮފިޝަލަކު ވަނީ ބުނެފައެވެ.

އެމެރިކާއިން ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލާފައި ވަނި، ރައީސް ޑޮނާލްޑް ޓްރަމްޕުގެ އެޑްވައިޒަރުން، އެ މީހުންގެ އަމާޒުތައް ހުސްވާ ކަމަށާއި ހަތިޔާރުތައް ވެސް ހުސްވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ. 13 ދުވަސް ވަންދެއް އެމެރިކާއިން މެދުނުކެނޑި ދިން ހަމަލާތައް ހުއްޓާލާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއިއެކު، އީރާނުން، ކައިރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދިޔަ ރައްދު ހަމަލާތައް ވެސް ހުއްޓާލާފައިވެއެވެ.

އީރާނުގެ އިސް އޮފިޝަލަކު 'ރޮއިޓަރސް' އަށް މައުލޫމާތުދިން ގޮތުގައި، އީރާނުން ހަމަލާތައް ދެމުންދާނީ، އެމެރިކާއިން ހަމަލާތައް ދެމުންދާނަމައެވެ. އެހެން ނޫން ނަމަ އެ ގައުމުން އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށާއި، މިކަން ވާނީ އެމެރިކާއަށް މީގެކުރިން ވެސް ހާމަކޮށްދީފައި ކަމަށް އޭނާ ބުންޏެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް ވަނީ، ޓްރަމްޕުގެ ހަމަލާތައް 5 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ނިންމާފައި ވަނީ ޑިޕްލޮމެޓިކް ގޮތަކަށް ދެ ގައުމުގެ ދޭތެރޭގައިޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ފުރުސަތުދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަމާއި ގުޅިގެން އީރާނުގެ އޮފިޝަލް ވަނީ، ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕު ނިންމި ނިންމުމުގެ ސަބަބުން ދެ ގައުމުގެ މަޝްވަރާތަކަށް ކުރިއެރުން ލިބޭނެކަމަށް ލަފާނުކުރެވޭ ކަމަށް ބުނެފައެވެ.

އެމެރިކާއިން އީރާނަށް މީގެ ދެ ހަފްތާކުރިން ހަމަލާތައްދޭން ފަށާފައިވަނީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އުޅަނދުފަހަރަށް އީރާނުން ހަމަލާތައްދޭ ކަމަށް ބުނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450