ކުޅިވަރު

ކޮމަންވެލްތު ޗެމްޕިއަންޝިޕް: ރާއްޖޭގެ ޓީޓީ އަންހެން ޓީމު ދެވަނަ ބުރަށް

ކޮމަންވެލްތު ޗެމްޕިއަންޝިޕް: ރާއްޖޭގެ ޓީޓީ އަންހެން ޓީމު ދެވަނަ ބުރަށް

ރާއްޖޭގެ ޓީޓީ އަންހެން ޓީމު / ފޮޓޯ: ޓީޓީ އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 ޖުލައި 2026، 09:34

28 ޖުލައި 2026، 09:34

އިންޑިއާގެ ދިއްލީގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް (ޓީޓީ) ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޤައުމީ ޓީމު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މި މުބާރާތް ކުރިއަށްދަނީ ދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އިންޑިއާއާ ވާދަކޮށް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. ނަމަވެސް، ޖެހިގެން އައި މެޗުތަކުގައި ރާއްޖޭގެ އަންހެން ކުޅުންތެރިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން ނޮދާން އަޔަލެންޑާ ވާދަކުރި މެޗު 3-1 އިން ރާއްޖެއިން ކާމިޔާބުކުރިއިރު، ސައުތު އެފްރިކާއާ ބައްދަލުކުރި މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް އަދި މިޝްކާ މުހައްމަދު އިބްރާހިމްއެވެ.

މި މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ފިރިހެން ޓީމުން ވެސް ވަނީ ކާމިޔާބު ފެށުމެއް ހޯދާފައެވެ. ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނެމީބިއާ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު އަދި އަޚްޔާރް އަހްމަދު ޚާލިދު އެވެ.

މި މުބާރާތަކީ ދިއްލީ ގަވަރމަންޓް އޮފް ޓޭބަލް ޓެނިސް އާއި ޓޭބަލް ޓެނިސް ފެޑެރޭޝަން އޮފް އިންޑިއާ ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. ދުނިޔޭގެ 35 ގައުމަކުން އެތްލީޓުން ވާދަކުރާ މި މުބާރާތުގައި ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450