Ads by Farudhun

ޚަބަރު

ގެއްލިފައިވާ ރައްޔިތުންގެ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ރައީސް މުޢިއްޒު

ގެއްލިފައިވާ ރައްޔިތުންގެ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 09:48

29 ޖުލައި 2026، 09:48

 ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި ދައުލަތުން ގެއްލިފައިވާ ރައްޔިތުންގެ މުދަލާއި ފައިސާ އަނބުރާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އަށަގެންފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު އިތުބާރަކާއި ޔަގީންކަމަކާއެކު ކަމަށެވެ.

މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ސަރުކާރާއި، ކޯޓުތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާނާތުގެ މައްސަލަތަކުގައި ގެއްލިފައިވާ އެސެޓްތައް އަނބުރާ ހޯދުމަށްޓަކައި "އެސެޓް ރިކަވަރީ ބިލް" އެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެ ބިލު މަޖިލީހަށް ހުށަހަޅާއިރު ކަމާގުޅޭ އެހެން ޤާނޫނުތަކަށްވެސް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. އަދި މި ނިޒާމު ހަރުދަނާކުރުމަށްޓަކައި މުއައްސަސާތައް ބާރުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ އާއި މުދާ ގެއްލިފައިވާ ގެއްލުން، އޭގެ ތެރެއިން ވީހާވެސް ބޮޑު އެއްޗެއް ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް،

      ރައީސުލްޖުމްހޫރިއްޔާ 

ޚާއްޞަގޮތެއްގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި އެ ނޫންވެސް ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފު ގާއިމުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، "މޯލްޑިވްސް 2.0" ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން ދައުލަތުގެ ހިންގުން ހަރުދަނާވެ، ބައިނަލްއަޤުވާމީ ކޮރަޕްޝަން އިންޑެކްސްގައާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ކުރިއަރައިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450