Ads by Farudhun

ޚަބަރު

ތިލަފުށީ ވިޔަފާރި ބަނދަރާއެކު ތަކެތީގެ އަގު ހެޔޮވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް މުޢިއްޒު

ތިލަފުށީ ވިޔަފާރި ބަނދަރާއެކު ތަކެތީގެ އަގު ހެޔޮވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 09:58

29 ޖުލައި 2026، 09:58

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ނިމި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭނުންކުރަން ފެށުމުން، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި މުދަލުގެ އަގުތައް ހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޯޓު ތަރައްޤީ ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު އައު މަރުހަލާއަކަށް ގެންދިއުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި މި މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވައި، ބަނދަރު ބަދަލުކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާއިރު މުޅި އޮޕަރޭޝަން އެއްކޮށް އެ ރަށަށް ބަދަލުނުކުރާނެ ކަމަށެވެ. އެގޮތުން އޮޕަރޭޝަންގެ ގާތްގަނޑަކަށް 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވި ނަމަވެސް، ބަނދަރުގެ ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ. މީގެ ބޭނުމަކީ ތިލަމާލެ ބްރިޖްގެ މަސައްކަތް ނުނިމުނު ކަމުގައިވިޔަސް، އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމެވެ.

މި އައު ބަނދަރުގައި ކޮންޓެއިނަރ އޮޕަރޭޝަންތަކާއެކު  ފެރީ  ގެ ޚިދުމަތް ދިނުމަށް ވަނީ ރޭވިފައެވެ. އަދި އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށީގައި އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، ވިޔަފާރިވެރިންނަށް ލުއިތަކެއް ހޯދައިދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

އޮޕަރޭޝަންތަކުގެ އެފިޝެންސީ އިތުރުކުރުމަށްޓަކައި މުޅި ނިޒާމު ޑިޖިޓަލައިޒްކޮށް، އޮޓޮމޭޝަން ބޭނުންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްޓޭޓް އޮފް ދަ އާޓް މޮޑަން ޕޯޓެއް ޤާއިމް ކުރެވި ވަސީލަތާއި ޚިދުމަތުގެ ގޮތުން ފުރިހަމަ ތަނަކަށްވީމަ ތަކެތީގެ އަގު ކުޑަވެ، ރައްޔިތުންނަށް ފަސޭހަވެ ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ފުޅާވެގެންދާނެ،

      ރައީސް 

ތިލަފުށީގެ މަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މި ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ތިލަފުށީގައި ތަރައްޤީކުރާ މަގަތުފާލަން، މިހާރު މާލޭގައި ބޭނުންކުރާ ފާލަމަށްވުރެ ތިން ގުނަ ދިގުވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450