Ads by Farudhun

ޚަބަރު

ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީކާޑު ތައާރަފުކުރަނީ

ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީކާޑު ތައާރަފުކުރަނީ

"ނޭޝަން ޗެޓް" ޕޮޑްކާސްޓު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 އޯގަސްޓު 2026، 09:44

01 އޯގަސްޓު 2026، 09:44

ދޮޅު އަހަރު ތެރޭގައި  ޑިޖިޓަލައިޒްޑް ސްމާޓް އައިޑީކާޑު ތައާރަފުކޮށް، ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވަނީ މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުން މި މަޝްރޫއުގައި ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. 

މި މަޝްރުއުގެ ދަށުން، ފިޒިކަލް އައިޑީކާޑުތަކުގެ ބާވަތް ޑިޖިޓަލައިޒްޑް ސްމާޓް އައިޑީކާޑުތަކަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

"އެކަން ވެސް އިރާދަކުރެއްވިއްޔާ ތާވަލުކުރެވިފައި އޮތްގޮތަށް ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ހާސިލުވެގެންދާނެ،"

ރައީސް ވިދާޅުވިއެވެ.

އަދި މި ޑިޖިޓަލް އައިޑީ ކާޑުގެ ޒަރިއްޔާއިން ލިބިގެންދާ ޚިދުމަތްތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ޕޭމެންޓުތައް ދެއްކުމާއި، އެކި މުވައްސަސާތަކުން ޚިދުމަތް ލިބިގެންދިއުމާއި، އަމިއްލަ ރެކޯޑުތައް ބެލެހެއްޓިގެން ދިއުން ހިމެނެއެވެ. 

އަދި އޭގައި އިންބިލްޓް އިނގިލީގެ ނިޝާނެއްވާނެ ކަމާށާއި، ކާޑުގައި ޗިޕެއް ވެސް އިންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ވަނީ، މި ކާޑައި ގުޅޭ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް އާއްމުކުރެވިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް 2.0" އަކީ، އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަރނަންސްގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.

މި މަޝްރޫއުގެ ދަށުން އައިޑީ ކާޑުތައް ޑިޖިޓަލައިޒް ކުރެވިގެން ދިއުމުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450