ކުޅިވަރު

މާޒިޔާގެ ކޯޗެއްގެ މަގާމަށް ސަރަހައްދީ ފުޓުބޯޅައިގެ ތަޖުރިބާ ހުރި ތޯމަށް ޓްރުޗާ

މާޒިޔާގެ ކޯޗެއްގެ މަގާމަށް ސަރަހައްދީ ފުޓުބޯޅައިގެ ތަޖުރިބާ ހުރި ތޯމަށް ޓްރުޗާ

މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ޓްރުޗާ / ފޮޓޯ: މާޒިޔާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 އޯގަސްޓު 2026، 03:27

03 އޯގަސްޓު 2026، 03:27

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗުގެ މަގާމަށް، ސަރަހައްދީ ފުޓުބޯޅައިގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފިއެވެ.

މާޒިޔާގެ ފަރިތަކުރުންތަކާ އާދީއްތަ ދުވަހު ގުޅުނު ޓްރުޗާ އަކީ އޭޝިއާ އާއި އެފްރިކާގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ އިންޑޮނޭޝިއާގެ ޕީއެސްއެމް މަކަސާގައެވެ. އޭގެ ކުރިން މިދިޔަ އަހަރު ކެންޔާގެ އޭއެފްސީ ލެޕަޑްސްއަށް އިރުޝާދު ދީފައިވާއިރު، މެލޭޝިއާ އާއި ސައުތު އެފްރިކާގެ އިތުރުން ޔޫރަޕްގެ ދަށު ފަންތީގެ ބައެއް ލީގުތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

މާޒިޔާއާ ހަވާލުވުމަށްފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ވާހަކަދައްކަމުން ޓްރުޗާ ބުނީ، މާޒިޔާގައި މިހާރު އޮތް ސްކޮޑަށް ބިދޭސީ ކުޅުންތެރިން ގުޅުމުން ޓީމު އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކަށް މާޒިޔާއިން ނުކުންނާނީ ކުރިއެކޭވެސް އެއްފަދައިން ތައްޓަށް އަމާޒު ހިފައިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ޓީމު ވަރުގަދަކުރުމަށް ބައެއް ބިދޭސީ ކުޅުންތެރިންވެސް ގެނެސްފައެވެ. އެގޮތުން ސާބިއާގެ މިޑްފިލްޑަރު ނިކޮލާ ވިޔޮޖެސިކް އާއި އެ ގައުމުގެ ޑިފެންޑަރު ނަމެންޔާ ޒްޑާވްކޮވިޗް މިހާރު ވަނީ އެ ކްލަބާ ގުޅިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450