Ads by Farudhun

ޚަބަރު

ހަރުދަނާ މުއައްސަސާތަކާއި ދެފުށް ފެންނަ ނިޒާމަކީ ޤައުމީ ތަރައްޤީގެ ބިންގާ: ރައީސް ޑރ. މުޢިއްޒު

ހަރުދަނާ މުއައްސަސާތަކާއި ދެފުށް ފެންނަ ނިޒާމަކީ ޤައުމީ ތަރައްޤީގެ ބިންގާ: ރައީސް ޑރ. މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޯގަސްޓު 2026، 11:54

05 އޯގަސްޓު 2026، 11:54

ޤައުމެއްގެ ހަގީގީ ކުރިއެރުމާއި ހަމަޖެހުން ބިނާވެފައިވަނީ އެ ޤައުމެއްގެ މުއައްސަސާތަކުގެ ވަރުގަދަކަމާއި، މާލީ ކަންކަން ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު އުކުޅަހުގައި ކުރިއަށްދާ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދެފުށް ފެންނަ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު ބޮޑުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޤައުމުގެ ހަމަޖެހުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެއެވެ.

ރައްޔިތުން ހަވާލުކުރާ ކޮންމެ ލާރިއަކާއި، ތަރައްޤީގެ ބައިވެރިން ފޯރުކޮށްދޭ ކޮންމެ ޑޮލަރަކީވެސް އޭގެ އެންމެ ފުރިހަމަ މަޤްޞަދުގައި ބޭނުންކުރެވޭ އެއްޗަކަށް ވާންޖެހޭނެ،

ރައީސް 

އެމަނިކުފާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި ޖަވާބުދާރީވުމަކީ ހަމައެކަނި އިދާރީ މަޖުބޫރުކަމެއް ނޫނެވެ. އެއީ ޤައުމުގެ ސްޓްރެޓީޖިކް ރައުސްމާލެކެވެ.

އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިޤްތިޞާދީ ދެމެހެއްޓެނިވިކަން ހާސިލުކުރެވެނީ ކުރިމަތިވާ ގޮންޖެހުންތަކުން ރެކިގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބުއްދިވެރިކަމާއެކު ވެރިކަން ހިންގައިގެން ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޒަމާނީ، ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ވެފައިވާ އިޤްރާރެއް ކަމަށެވެ. ޓެކްނޮލޮޖީގެ ބޭނުމަކީ ހަމައެކަނި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކުރުން ނޫން ކަމަށާއި، އޭގެ އަސްލު ބޭނުމަކީ ވެރިކަން ހިންގުމުގެ މުޅި ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450