ކުޅިވަރު / ޚަބަރު

އއ. އުކުޅަހުގައި ސަރުކާރުން ތަރައްގީކުރި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި

އއ. އުކުޅަހުގައި ސަރުކާރުން ތަރައްގީކުރި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި

އުކުޅަހުގެ ވޮލީކޯޓު ހުޅުވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

05 އޯގަސްޓު 2026، 08:55

05 އޯގަސްޓު 2026، 08:55

އއ. އުކުޅަހުގައި މި ސަރުކާރުން ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ، އެ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އުކުޅަހުގައި ޤާއިމްކުރި މި ވޮލީ ކޯޓަކީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަށް ޖުމްލަ 1,359,163.58 (އެއް މިލިއަން ތިންލައްކަ ފަންސަވީސް ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަންސަވީސް ލާރި) ޚަރަދުވެފައިވެއެވެ.

މި ކޯޓަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. އެގޮތުން ރޭގަނޑުވެސް ކުޅިވަރު ކުޅެވޭނެހެން ފުރިހަމަ ލައިޓް ސިސްޓަމެއް މި ކޯޓުގައި ވަނީ ހަރުކޮށްފައެވެ. ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، އެ ތަނުގައި އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މިހާރުވެސް ރާއްޖޭގެ 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުތަކުގެ ބޭނުމަކީ ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ރަނގަޅު މާޙައުލެއް ޤާއިމްކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450