Ads by Farudhun

ޚަބަރު

ޒަހިއްޔާގެ ވާހަކަތައް ދޮގު ކުރައްވާ މުޖްތަބާ ރައްދުދެއްވައިފި

ޒަހިއްޔާގެ ވާހަކަތައް ދޮގު ކުރައްވާ މުޖްތަބާ ރައްދުދެއްވައިފި

މުޖްތަބާ ޖަލީލް އަދި ރައީސް މުޢިއްޒު. ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޯގަސްޓު 2026، 12:12

06 އޯގަސްޓު 2026، 12:12

މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއު "އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި، އެއީ އެމަނިކުފާނާ ގުޅުން އޮތް ކުންފުންޏެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި ކައުންސިލަރު ފާޠިމަތު ޒަހިއްޔާ އެޅުއްވި ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްކަން މުޖުތަބާ ވަނީ ސާފުކޮށްދެއްވާފައެވެ. މުޖުތަބާ ވިދާޅުވީ، ރައީސް މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކައުންސިލުން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫޢެއްގެ ޕްރޮކިއުމަންޓް މަރުހަލާގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިގެންފައި ނުވާނެ ކަމަށެވެ.

 

މަޝްރޫޢު ހަވާލުކުރީ އުސޫލުތަކުގެ ތެރެއިން

2021 އިން 2023 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމު ފުރުއްވި މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (SAP) ގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. "މިއީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކައުންސިލް ފްލޯއިން ނިންމައި، ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއިން އިއުލާންކޮށްގެން ބަޔަކާ ހަވާލުކުރި މަޝްރޫއެއް،" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ މިކަންކަން ހާމަކުރައްވާފައި މިވަނީ، ރައީސް މުޢިއްޒާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނަހަމަގޮތުގައި 9 މިލިއަން ރުފިޔާގެ މަޝްރޫޢު ދީފައިވާކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ކައުންސިލަރު ޒަހިއްޔާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މި މައްސަލައިގައި މުޖުތަބާ އިތުރަށް ވިދާޅުވީ، "އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން އަޅުގަނޑު ކަށަވަރުކޮށްދެން." އަދި މިއީ ސިޔާސީ ބޭނުމެއްގައި ކުރެވޭ ތުހުމަތުތަކެއްކަން އޭނާގެ ވާހަކައިން ދޭހަވެއެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް މަޝްވަރާ ކުރެވުނު ނަމަވެސް، ކައުންސިލަރުންގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ މި މައްސަލަ ފުރަތަމަ ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވައިގެން އިތުރަށް ދިރާސާ ކުރުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450