Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހުގައި ގަސް އިންދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހުގައި ގަސް އިންދަވައިފި

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޯގަސްޓު 2026، 10:19

06 އޯގަސްޓު 2026، 10:19

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ، 5 އޮގަސްޓުގައި އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ  ވަނީ ބައިވެރިވެވަޑައިގަންނަވާ ގަސް އިންދަވާފައެވެ. އަދި މި ހަރަކާތުގައި  ސަރުކާރުގެ އިސް ބޭފުޅުންނާއި، އުކުޅަހު ކައުންސިލްގެ މެންބަރުންނާއި، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށުގައި އިންދެވީ ހިތިގަހެއް ކަމަށްވާއިރު، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި އިއްޔެ ވަނީ 19 ގަސް އިންދާފައެވެ.  އޭގެ ތެރޭގައި، ރުކާއި،  ކިނބި ގަހާއި، މަދީނާ ގަހާއި މޫނިމާ ގަސް ހިމެނެއެވެ. 

ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5 މިލިއަން ގަސް އިންދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ. މި ޕްރޮގްރާމްގެ ދަށުން  މިއަދާ ހަމައަށް ވަނީ މި ޕްރޮގްރާމްގެ ދަށުން އެކިބާވަތުގެ  1,830,599  ގަސް އިންދާފައެވެ.

މިއީ  ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުކުރުމާއި، ތިމާވެށި ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓެއް ކަށަވަރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށްޓަވާފައެވެ. އެގޮތުން، އެ ރަށުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމާއި، އެ ރަށުގައި 50 ހައުސިންގް ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުއްވުން ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450