Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މި ދަތުރުފުޅުގެ ތެރެއިން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޯގަސްޓު 2026، 12:30

06 އޯގަސްޓު 2026، 12:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

05 އޮގަސްޓް 2026 ގައި އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި އުކުޅަހަށް ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އެ ރަށުން ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެމަނިކުފަނަށް  އިސްތިގުބާލުކުރެއްވުމަށް ރަށުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބަނދަރު މައްޗަށް ޖަމާވިއެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ، ވިލުންތެރި ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، އީޖާދުކުރުމަށް އިސްކަންދީނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

އެއަށްފަހު އެމަނިކުފާނު ވަނީ، ކުދި ޖަޒީރާ ގައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ޖަވާބުދާރީވުމާއި، ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ހެޔޮ ވެރިކަމެއް ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވާފައެވެ. އަދި ޒިޔާރަތްކުރެއްވި މަންދޫބުންނާއި ބައިނަލްއަގްވާމީ މަންދޫބުން ވަނީ މި ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ތައުރީފުކުރަށްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި  ވެސް ބައިވެރިވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު، ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވެއެވެ. އެގޮތުން، އެ ރަށުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ފެއްޓެވުމާއި، ރަށުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެއްޓެވުން ހިމެނެއެވެ.

މީގެ އިތުރުން ރައީސް ވަނީ، އުކުޅަހުގައި ސަރުކާރުން ތަރައްގީކުރި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މިއީ، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ވޮލީ ކޯޓެކެވެ.

އަދި ރައީސް ވަނީ، އުކުޅަހުގައި ބޭއްވި ޕީއެންސީގެ "ޖަގަހަ ޖަލްސާ"ގައި ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ. މި ވާހަކަފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އެންމެ މުހިންމު ހުރިހާ މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނިންމާވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅަކީ،  އެމަނިކުފާނު ވެރިކަމާއި ހަވާލުވިފަހުން އެ ރަށަށް ކުރެއްވި 3 ވަނަ ދަތުރުފުޅެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450