ކުޅިވަރު

އޮޑި ސްޕޯޓްސްއަށް ޔޫރަޕުގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ ގެނެސްފި

އޮޑި ސްޕޯޓްސްއަށް ޔޫރަޕުގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ ގެނެސްފި

އޮޑި ސްޕޯޓްސްއަށް ގެނައި ރުއީ ގްރެގޯރިއޯ---

farudhun logo

ފަރުދުން

08 އޯގަސްޓު 2026، 04:20

08 އޯގަސްޓު 2026، 04:20

ކުރިއަށް އޮތް ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރުވުމުގެ ގޮތުން، އޮޑި ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗުގެ މަގާމަށް ޔޫރަޕްގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ ހަމަޖައްސައިފިއެވެ.

އުމުރުން 57 އަހަރުގެ ގްރެގޯރިއޯއަކީ ކޯޗިން ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ، ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. އޭނާ ވަނީ މީގެ ކުރިން އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ކޯޗެއްގެ ގޮތުންނާއި ޓެކްނިކަލް އިސް މަގާމުތަކުގައި މަސައްކަތްކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ގްރެގޯރިއޯ މަސައްކަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޕޯޗުގަލް، ސައުދީ އަރަބިއްޔާ، ސައިޕްރަސް، ސްކޮޓްލެންޑް، އިންޑިއާ، ގާނާ، ލުބުނާން، މިޔަންމާ އަދި އެންގޯލާ ހިމެނެއެވެ. މި ގައުމުތަކުގެ އެކި ކްލަބުތަކުގައި އޭނާ ވަނީ އޭނާގެ ހުނަރާއި ތަޖުރިބާ ސާބިތުކޮށްދީފައެވެ.

އާ ކޯޗު ޓީމާ ހަވާލުވުމުގެ ކުރިން، އޮޑި ސްޕޯޓްސްގެ ކޯޗުގެ މަގާމު ވަގުތީ ގޮތުން އަދާކުރަމުން ދިޔައީ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހުއެވެ.

އޮޑި ސްޕޯޓްސްގައި މިދިޔަ ސީޒަނުގައި ކޯޗަކަށް ހުރީ ސްޕެއިންގެ އަންދްރޭސް ގާސިއާއެވެ. ނަމަވެސް މިދިޔަ ސީޒަން ނިމުމާއެކު އޭނާ ވަނީ ކްލަބު ދޫކޮށްލާފައެވެ. ގާސިއާގެ އިރުޝާދުގެ ދަށުން، ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި ފުރަތަމަ ސީޒަނުގައި އޮޑި ސްޕޯޓްސްއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދުމާއި، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމު ކާމިޔާބުކުރުން ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450